ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީއަށް ތިރީގައި މި ދަންނަވާ ތަކެތި ވިއްކަވަން ބޭނުންފުޅުވާ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު: (IUL)459-A/1/2016/63 އިޢުލާނަށް އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ، މި އިޢުލާން ބާޠިލުކޮށް އަލުން މި ތަކެތި ވިއްކަވާނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.
- 1 ކާޑު ޕްރިންޓިންގ މެޝިން (ކާޓްރިޖާއި އެކު)
- 1000 ޕްލާސްޓިކް ކާޑު
- 2 ސްކޭނަރ
ވީމާ، މަތީގައި ދެންނެވިފައިވާ ތަކެތި ވިއްކަވަން ބޭނުންފުޅުވާ ފަރާތްތަކުން 2016 ޖޫން 1 ވާ އަންގާރަ ދުވަހު 10:00 އަށް މި މިނިސްޓްރީ (ގ.ބިއްލޫރިޖެހިގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖޫން 07 ވާ އަންގާރަ ދުވަހު 13:00 އަށް މި މިނިސްޓްރީ (ގ.ބިއްލޫރިޖެހިގެ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
19 ޝަޢުބާން 1437