ދިވެހިރާއްޖެ
އިޢުލާން
މި ކޯޓުގެ ސިންގަލްފޭސް ކަރަންޓް ތްރީފޭސް ކަރަންޓަށް ބަދަލުކުރުމަށްބޭނުންވެގެން ކުރެވުނު މި ކޯޓުގެ ނަންބަރު: S5C/2016/03( 04 މެއި 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް އައީ އެންމެ ދެފަރާތުން ކަމަށްވުމާއި، އަދި އެ މީހުން އެ އަންދާސީހިސާބުތައްވެސް ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން މި މަސައްކަތް ކޮށްދެއްވާނެ ފަރާތްތައް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތް އަމިއްލަ ޚަރަދުގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 05 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މި ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 ޖޫން 2016 ވާ އާދީއްތަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަންނާނެއެވެ.
16 ޝަޢުބާން 1437