ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޓޯލް އިންޓަރސްކޫލް އެތްލެޓިކްސް މުބާރާތުގެ މަރުޙަބާގެ ލަވައާއި، ތީމް ލަވަ ހަދައި ރެކޯޑިންގ ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ފުވައްމުލަކުގައި ބާއްވާ އެތްލެޓިކްސް މުބާރާތުގެ މަރުޙަބާގެ ލަވައާއި، ތީމް ލަވަ ހަދައި ރެކޯޑު ކުރުން.

މި އިދާރާއިން އިންތިޒާމުކޮށްގެން 21 ޖުލައި 2016 އިން 24 ޖުލައި 2016 އަށް މި އަތޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޓޯލް އިންޓަރސްކޫލް އެތްލެޓިކްސް މުބާރާތުގެ މަރުޙަބާގެ ލަވައާއި، ތީމް ލަވަ ހަދައި އެ ދެ ލަވައިގެ ރެކޯޑިންގ ހަދައިދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރި ނަންބަރު (IUL)243-S02/243/2016/17 (09 މޭ 2016) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރި ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައި އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 މޭ 2016 ވަނަ ދުވަހުގެ 13:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 02 ޖޫން 2016 ވަނަ ދުވަހުގެ 13:30 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

19 ޝަޢުބާން 1437

26 މޭ 2016
ހޯދާ