ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު: 3 (ތިނެއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: ޖީ. އެސް. 4
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2
މުސާރަ: މަހަކު -/5020 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ
ވަޒީފާ އޮތް އޮފީސް: ގުރައިދޫ ސްކޫލް
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިން/ގުރައިދޫ ސްކޫލް
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ޔައުމިއްޔާތައް ލިޔުން.
- ދަރިވަރުންގެ ޓެކްސްފޮތްތަކާއި ވައުޗަރގެ ކަންކަން ބެލެހެއްޓުން.
- ހާޒިރީ ރިޕޯޓު ހެދުމާއި، ސްކޫލުގެ ޔައުމިއްޔާއާއި ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ފައިލްކުރުން.
- ސްކޫލަށް ހޯދާފައި ހުންނަ ފޮއްޗާއި ހިފައިގެންގުޅޭ ތަކެތި ބޭނުންވާ ފަރާތްތަކަށް ދޫކޮށް، އެތަކެތި އަނބުރާ ހޯދައި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، މަދަރުސާގެ ހަރުމުދަލާއި ހިފައިގެންގުޅޭ ތަކެތި އެކިފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލުން ދޫކޮށް، އަނބުރާހޯދައި ލިޔެކިޔުންތައް ފުރިހަމަކުރުން.
- ސިޓީއާއި މެސެޖްފަދަ ތަކެއްޗަށް ޖަވާބުދާރީވުމާއި، އިދާރީ އެހެން މުވައްޒަފުން ހާޒިރުނުވާ ދުވަސްތަކުގައި ދުވަހުން ދުވަހަށް ނިންމަންޖެހޭ މަސައްކަތްތައް ފުރިހަމަކުރުން.
- ސްކޫލް ދަރިވަރުންގެ އަހަރީ އިނާމުދިނުމަށް ބޭނުންވާ ހުރިހާ މަޢުލޫމާތުތަކެއް ހޯދައި ޑޮކިއުމަންޓުތައް ތައްޔާރުކުރުމާއި، ރަސްމިއްޔާތަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކުރުން.
- އެންޓްރީ ކުރުން.
- ބެލެނިވެރިންނަށް ދަންނަވާ ދެންނެވުންތައް ލިޔެ ނޯޓިސްބޯޑަށް ނެރުމާއި، އިޢުލާންތައް ލިޔެ ތައްޔާރުކޮށް ޑިސްޕްލޭކުރުމަށް ހަވާލުކުރުން.
- ސްކޫލުގެ ވަޒީފާތަކަށް ވަންނަ ފަރާތްތަކުގެ އިންޓަވިޔުޝީޓްތައް ތައްޔާރުކުރުމާއި، ސްކޫލަށް ވަންނަ ދަރިވަރުން ރަޖިސްޓްރީއަށް އަރުވައި، ސްކޫލުން ވަކިވާ ދަރިވަރުންނަށް ލީވިންގ ސެޓިފިކެޓް ހެދުން.
- ޓީޗަރުންނަށް ބާއްވާ ބައްދަލުވުންތަކަށް ކިއުމާއި ނޯޓިސް ނެރުމާއި، ސްކޫލުން ވަކިވެ ސްކޫލުގައި އުޅޭ މުވައްޒަފުންނަށް ދޭންޖެހޭ ލިޔެކިޔުން ތައްޔާރުކޮށް ފޮނުވުން.
- މުވައްޒަފުންގެ އެޕްރައިޒަލް ފޯމްތައް ތައްޔާރުކުރުމާއި، ސްކޫލަށް ލިބޭ އެންމެހައި ލިޔެކިއުންތަކުގެ ޑޮކިއުމެންޓްތައް ފައިލްކުރުން.
- ސްކޫލުގެ އަހަރީ ރިޕޯޓް ތައްޔާރުކުރުން.
- ސްކޫލުގެ ބަޖެޓުންނާއި ފަންޑުން ކުރަންޖެހޭ ފައިސާގެ މުޢާމަލާތުތައް މާލިއްޔަތު ޤާނޫނާ އެއްގޮތަށް ފުރިހަމަކުރުމާއެކު، ސްކޫލުން ކުރެވޭ ފައިސާގެ މުޢާމަލާތުތަކުގެ ލިޔެކިޔުން ތައްޔާރުކޮށް ރައްކާތެރިކަންމަތީގައި ބެލެހެއްޓުން.
- މުވައްޒަފުންނަށް މުސާރަދިނުމަށް ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކޮށް މުސާރަ ފައިސާ މުވައްޒަފުންގެ އެކައުންޓަށް ޖަމާކުރުން (ގަޑީލާރި ރިޕޯޓް، ކްރެޑިޓް ސްކީމް ރިޕޯޓް، އޯޓީ ރިޕޯޓް ހަދައި، މުސާރަޝީޓަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް ހޯދައި، މުސާރަޝީޓް ފުރިހަމަކޮށް، ކޮންމެ މަހެއްގެ 17 ވަނަ ދުވަހުގެ ކުރިން މާލެ އަތޮޅު އަތޮޅު މަދުރަސާއަށް މެއިލްކޮށް، މުސާރަ ޖަމާކުރުމަށް ބީ.އެމް.އެލް.އަށް މެއިލްކޮށް ސެލެރީ ޑިޕޮސިޓް ލެޓަރތައް ހަދައި ވައުޗަރ ހެދުން)
- މަދަރުސާއިން އެކިއެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ، ދައްކަންޖެހޭ ތާރީޚަށް ދައްކައި، އެކަމުގެ ލިޔެކިޔުން ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- ސްކޫލުގެ ސްޓޮކަށް ބޭނުންވާނެ ތަކެތި، މާލިއްޔަތު ޤާނޫނާ އެއްގޮތަށް ހޯދައި، ސްޓޮކް ބެލެހެއްޓުން (ތަކެތި ގަތުމުގެ ކުރިން -/1000 ރުފިޔާއަށްވުރެ އަގުމަތިވާ ތަކެތީގެ އަގު 3 ތަނަކުން ބެލުމަށްފަހު، ޕީ.އޯ. ހަދައި، އެންމެ އަގުހެޔޮ ތަނަކުން ޚިދުމަތް ހޯދައި، ޚިދުމަތާއި ތަކެތީގެ ބިލް ލިބުމުން ބިލު ރަޖިސްޓަރީއަށް އަރުވައި ވައުޗަރ ހެދުމަށްފަހު، ތިޖޫރީއާ ހަވާލުވެހުރި ފަރާތަށް ޗެކްހެދުމަށް ވައުޗަރ ހަވާލުކުރުމާއި، ޗެކުގެ މަސައްކަތް ނިމުމުން ވައުޗަރއާގުޅޭ ޑޮކިއުމަންޓް ހަމައަށް ހުރިތޯ ބަލައި ހަމަކުރުމަށްފަހު ޗެކާއި ވައުޗަރ ރަޖިސްޓަރއަށް އެރުވައި، ޚިދުމަތާއި ތަކެއްޗަށް ފައިސާދައްކައި ޑޮކިއުމަންޓްތައް ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން)
- ހިނގަމުންދާ މަހުގެ 10 ވަނަދުވަހުގެ ކުރިން، ނިމުނު މަހުގެ ބަޖެޓް ރިޕޯޓް ތައްޔާރުކޮށް، ހުށަހަޅާންޖެހޭ ފަރާތްތަކަށް (ހާޑްކޮޕީ އޯޑިޓް އޮފީހަށް، ސޮފްޓް ކޮޕީ މިނިސްޓްރީއަށް) ހުށަހެޅުމާއި، ކޯޑްތަކަށް ގެންނަންޖެހޭ ބަދަލު ގެނައުން.
- ކޮންމެ އަހަރަކު ދެފަހަރު މަދަރުސާގެ އިންވެންޓްރީ އަޕްޑޭޓްކޮށް ޕްރިންސިޕަލަށް ހުށަހެޅުން.
- ނީލަންކިޔުމުގެ ހުއްދަހޯދައި، ތަކެތި ނީލަންކިޔުމާއި، ނީލަންކިޔައިގެންނާއި އެހެން ގޮތްގޮތުން ލިބޭ ފައިސާގެ ރަސީދުތައް ތައްޔާރުކޮށް، ދުވަހުފޮތަށް އަރުވައި، ތިޖޫރީއާ ހަވާލުވެ ހުންނަ ފަރާތާ ހަވާލުކުރުން.
- ތަފާސް ހިސާބަށް ބޭނުންވާނެ މަޢުލޫމާތު އެއްކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވުން.
- މުވައްޒަފުންގެ އެޓެންޑެންސް މެޝިން އަޕްޑޭޓްކޮށް ބަލަހައްޓައި، އެކަމުގެ މަޢުލޫމާތު ފޯރުކޮށްދިނުން.
- އިދާރީ އެހެން މުވައްޒަފުން ހާޒިރުނުވާ ދުވަސްތަކުގައި ދުވަހުން ދުވަހަށް ނިންމަންޖެހޭ މަސައްކަތްތައް ފުރިހަމަކުރުން.
- ސްކޫލުގައި ބާއްވާ ރަސްމިއްޔާތުތަކަށް އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި، އެކަމުގައި އެހީތެރިވުން.
- މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުންވެސް، ކުއްލިޔަކަށް ސްކޫލުގައި ކުރަންޖެހޭ ކަމެއް ދިމާވެއްޖެނަމަ، ދިވެހިރާއްޖޭގެ ޤާނޫނާއި، ސިވިލް ސަރވިސަސް ކަމިޝަނުގެ އާންމު ގަވާއިދުތަކާ ޚިލާފުނުވާގޮތެއްގެމަތިން، ސްކޫލުގެ ވެރިއަކު އަންގާ ކަމެއް، އެމީހެއްގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން މިންވަރަކަށް ކުރުން.
މަޤާމުގެ ޝަރުޠު:
1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛
3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމެންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ދާއިރާތައް:
- އޮފީސް އެޑްމިނިސްޓްރޭޝަން
- ހިއުމަން ރިސޯސް މެނޭޖްމެންޓް
- އިންޕޮމޭޝަން އެންޑް ޓެކްނޮލޮޖީ
- އޮފީސް މެނޭޖްމެންޓް
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
- ކަމުގެ ޢިލްމު ލިބިފައިވުން.
- ތަޖުރިބާ.
- އިންޓަވިއު.
އިންޓަވިއު ކުރުން:
ހ. މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2016 ޖޫން 12 ވަނަ ދުވަހުގެރޭ 8:30 ގައި ގުރައިދޫ ސްކޫލުގައެވެ.
ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.
ނ- އިންޓަވިއުއަށް ހާޒިރުވާއިރު ސެޓުފިކެޓުތަކުގެ އަސްލު ގެނައުން އެދެމެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓު ން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް)
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ގުރައިދޫ ސްކޫލަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖޫން 12 ވާ އާދީއްތަދުވަހުގެ މެންދުރު 12:00 އެވެ.
ނޯޓު:
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެއެވެ.
- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
- މި ވަޒީފާއަށް ހޮވޭ ފަރާތަށް ދެވޭ ޕްރޮބޭޝަންގެ 3 މަސްދުވަހުގެ ތެރޭގައި ރަނގަޅު ނަތީޖާއެއް ނުނެރެވިއްޖެނަމަ، ސިވިލް ސަރވިސްގެ ގަވާއިދުގައިވާގޮތުގެމަތިން ވަޒީފާއިން ވަކިކުރުމަށް ހުށަހެޅޭނެއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން، ގުރައިދޫ ސްކޫލުގެ 6640574 ނަންބަރު ފޯނަށް، ރަސްމީގަޑީގައި ގުޅައިގެން ނުވަތަ މި ސްކޫލުގެ [email protected] ގެ މެއިލް މެދުވެރިކޮށް ސާފުކުރުން އެދެމެވެ.
17 ޝަޢުބާން 1437