ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

ފ. ނިލަންދޫގައި ހުރި 04 މިސްކިތުގައި ކުރަންހުރި މަސައްކަތްތައް ކޮށްދޭނޭ ފަރާތެއް ހޯދުން:

ފ. ނިލަންދޫގައި ހުރި 04 މިސްކިތުގައި ކުރަންހުރި ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ކަނޑައަޅާފައިވާ ތާރީޚަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައަޅާފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.  

މަޢުލޫމާތު ސާފުކުރުން

29 މޭ 2016

10:30 ގައި

އަންދާސީހިސާބު ހުށަހެޅުން

02 ޖޫން 2016

11:00 ގައި

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބުތައް ބަލައިގަތުން

ފ. ނިލަންދޫ ކައުންސިލުގެ އިދާރާގައި

މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގައި ބައިވެރިއެއް ނުވެވޭނެއެވެ. އަންދާސީހިސާބު ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީއުރައިގެ ބޭރުގައި "ފ. ނިލަންދޫގައި 04 މިސްކިތުގައި ކުރަންހުރި މަސައްކަތް ކޮށްދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތައް ބައިވެރިއެއް ނުކުރެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެއެވެ. މަޢުލޫމާތު ސާފުކުރި ފަރާތުގެ ބަދަލުގައި އެހެން ފަރާތެއް އަންދާސީހިސާބު ހުށަހަޅާނަމަ، އެ ފަރާތުގެ ލިޔުމެއް އަންދާސީހިސާބު ހުށަހަޅަންޖެހޭ ގަޑީގެ 01 ގަޑިއިރު ކުރިން މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

12 ޝަޢުބާން 1437

19 މޭ 2016
ހޯދާ