ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީ ކުރުމުގެ ގޮތުން މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

01-  ނިލަންދޫގައި ތަރައްޤީ ކުރެވޭ ނެޓްބޯޅަކޯޓުގެ މަސައްކަތް

02-  ނިލަންދޫގައި ތަރައްޤީ ކުރެވޭ ވޮލީކޯޓުގެ މަސައްކަތް

03-  މިހާރުގެ ފުޓުބޯޅަދަނޑުގެ އިރުމަތީފަރާތުން ތަރައްޤީ ކުރެވެމުންދާ ފުޓްސެލްދަނޑުގެ އިރުއުތުރުކަނުން ގޭޓެއް ކަނޑައި ހަދައި ހަރުކުރުން

04-  މިހާރުގެ ފުޓުބޯޅަދަނޑުގެ އިންފާރު ފުޓުބޯޅަދަނޑަށް އަލަށް އިތުރުކުރެވުނު 30 ފޫޓު އަތިރިއަށް (ދެކުނަށް) ޖެއްސުން.

05-  މިހާރުގެ ފުޓުބޯޅަދަނޑުގެ އުތުރުފަރާތުގެ ފެންސް (ޒުވާނުންގެ މަރުކަޒާވީ ފަޅި) 10 ފޫޓަށް އުސްކޮށް ހެދުން. މިގޮތަށް ފެންސް ހަދާއިރު ގޯލާ ދިމާލުން 18 ފޫޓަށް އުސްކޮށް ފެންސް ޖެހުން.

ވީމާ، މިކަމަށް އެދި ޝައުޤުވެރިވެލައްވާ ބޭފުޅުން 31 މޭ 2016 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 ޖޫން 2016 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިކައުންސިލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށްފަހު ހުށަހެޅޭ އަންދާސީހިސާބާއި މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަންނާނޭ ކަމުގައި ދަންނަވަމެވެ. އެހެންމީހެއްގެ ހަވާލުގައި އަންދާސީހިސާބު ހުށަހަޅާނަމަ ގަޑިޖެހުމުގެ 1 ގަޑިއިރުކުރިން އެކަން ބަޔާންކޮށް މިއިދާރާއަށް އެފަރާތުގެ ލިޔުމެއް ސޮޔާއެކު ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅާނީ މިއިދާރާއިން ދޫކުރާ އަންދާސީހިސާބު ހުށަހަޅާ ފޯމުގައި ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ފ. ނިލަންދޫ ކުޅިވަރު އެރީނާގެ ބައެއް މަސައްކަތް ކޮށްދިނުން އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

މިމަސައްކަތަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް ބަޔާންކުރެވިފައި މިވަނީއެވެ.

01-   ހުށަހަޅާ އަގު      %60

02-   މުއްދަތަށް        %20

03-   މާލީތަނަވަސްކަން    % 10

04-   ތަޖުރިބާ         % 10

16 ޝަޢުބާން 1437

23 މޭ 2016
ހޯދާ