ށ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
2 ނުވަތަ 3 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފުމަށް

އިޢުލާން

އެޕާޓްމަންޓް ކުއްޔަށްހިފުން

މި ހޮސްޕިޓަލްގެ ބޭނުމަށް 2 ނުވަތަ 3 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށްހިފުމަށް ކުރި މި ހޮސްޕިޓަލްގެ ނަންބަރު: (IUL)SH-FAH-PL/SH-FAH/2016/15 (27 އެޕްރީލް 2016) އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅައިފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އެޕާޓްމަންޓް ކުއްޔަށްހިފުމަށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، މިފަދަ ތަނެއް ކުއްޔަށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މޭ 31 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 09 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތް ފިޔަވައި އެހެން ފަރާތަކުން އަންދާސީހިސާބު ހުށަހެޅުއްވުމަށާއި، މަޢުލޫމާތު ހޯއްދެވުމަށް ހާޒިރުވާނަމަ އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ.

17 ޝަޢުބާން 1437

24 މޭ 2016
ހޯދާ