ފުވައްމުލަކު ދަޑިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައި.ޑީ ކާޑު ހެދުމުގެ އިންތިޒާމު ހަމަޖެހިފައިވާކަން އާންމުކޮށް އެންގުމަށް

އިޢުލާން

ދަޑިމަގު އަވަށު ރައްޔިތުންނަށް އައިޑެންޓިޓީ ކާޑު ހެއްދުމުގައި ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯދުމުގެ ގޮތުން މި އިދާރާއާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނާ ގުޅިގެން ކުރެވުނު މަސައްކަތުން، މި އިދާރާގައި މިހާރު ވަނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ކަލެކްޓިންގސެންޓަރެއް ޤާއިމުކުރެވިފައެވެ.

ވީމާ، މި ކަލެކްޓިންގ ސެންޓަރ މެދުވެރިކޮށް އައިޑެންޓިޓީ ކާޑު ހެއްދުމަށް ބޭނުންފުޅުވާ އެންމެހައި ފަރާތްތަކަށް، 2016 މޭ 22 ވަނަ ދުވަހުން ފެށިގެން އައި.ޑީ ކާޑު ހެދުމުގެ އިންތިޒާމު ހަމަޖެހިފައިވާ ވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

11 ޝަޢުބާން 1437

18 މޭ 2016
ހޯދާ