މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީ ހިސާބު ހޯދުން

ތިރީގައިވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

1- މިރަށު މަސްޖިދުލް ފަލާޙުގެ ސީލިންގްގެ ފިލާތައް ބަދަލުކޮށް އިތުރު ލައިޓް ހަރުކުރުމަށް.

2- މިރަށު މަސްޖިދުއް ޛިއްނޫރައިނީގެ، މަތީ ފެންލައިޓްތަކުގައި މިހާރު ޖަހާފައިހުރި ބިއްލޫރިތައް ނަގައި އެލްމިނިއަމް ފިކްސްޑް ލޫވަރ (ކަތިފިލާ) ހަރުކުރުން.

3- މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 01 ޖޫން 2016 ވާ ބުދަ ދުވަހުގެ 13:00 ގައި ރ.މީދޫ ކައުންސިލް އިދާރާގައެވެ.

4- އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ 13 ޖޫން 2016 ވާ ހޯމަ ދުވަހުގެ 13:00 ގައި ރ.މީދޫ ކައުންސިލް އިދާރާގައެވެ. (އަންދާސީހިސާބު ތައްޔާރު ކުރައްވާނީ ދެ މަސައްކަތް ވަކިން)

5- އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ތަކެތި ކުންފުންޏަކުންނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ، އަމިއްލަ ފަރުދެއްނަމަ އައި.ޑީ.ކާޑުގެ ކޮޕީ، މާލީ ތަނަވަސްކަން އަންގައިދޭ ރަސްމީ ލިޔުމެއް، ތަޖުރިބާ ހާމަކޮށްދިނިމުގެ ގޮތުން ރަސްމީ ފަރާތުން ދީފައިވާ ލިޔުންތައް، އަންދާސީހިސާބު ހުށަހެޅުއްވުމަށާއި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާނީ ކުންފުންޏަކުންނަމަ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރަކަށް ނުވާނަމަ ކުންފުނީގެ ފަރާތުން ފޮނުވި ފަރާތެއްކަން އަންގައިދޭ ކުންފުނީގެ ރަސްމީ ލިޔުމެއް އަދި އަމިއްލަ ފަރުދެއްނަމަ ވެރިފަރާތް ހާޒިރުވެނުލައްވާނަމަ ބަދަލުގައި ފޮނުވި ފަރާތެއްކަން އަންގައިދޭ ސިޓީއާއި ހާޒިރުވާ ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ.

6- އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުމުގެ ތެރެއިން މާކްސް ދިނުމަށް ހަމަޖެހިފައިވާ ބައިތަކުގެ ލިޔެކިޔުން ހުށަނާޅާނަމަ އެބަޔަކަށް ލިބެންޖެހޭ މާކުހެއް ނުލިބޭނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ.

7- އަންދާސީހިސާބުގައި މާކްސް ދެވޭނެ ބައިތަކާއި މިންގަނޑުތައް.

7.1- މަސައްކަތުގެ އަގު            %80

7.2- މަސައްކަތް ނިންމޭނެ މުއްދަތު     % 10

7.3- މާލީ ތަނަވަސްކަން            %5

7.4- ތަޖުރިބާ                  %5

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

15 ޝަޢުބާން 1437

22 މޭ 2016
ހޯދާ