ދިވެހިރާއްޖެ
އިޢުލާން
މަޤާމު: އެސިސްޓެންޓް މީޑިއަރ އޮފިސަރ (ކޮންޓްރެކްޓް)
މަޤާމުގެ ގިންތި: ކޮންޓްރެކްޓް (ފަރުވާ ބަހައްޓައިގެން މަސައްކަތް ކުރާނަމަ، ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރެވޭނެއެވެ.)
ބޭނުންވާ އަދަދު: 1
މަޤާމުގެ ގިންތި: ކޮންޓްރެކްޓް (3 މަސްދުވަސް)
ވަޒީފާ އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މާލެ
މުސާރަ: މަސައްކަތްކުރާ ކޮންމެ ދުވަހަކު -/296 ރުފިޔާ (6 ގަޑިއިރަށް)
އިތުރު ޢިނާޔަތްތައް: މި މަޤާމަށް ހޮވޭ ފަރާތްތަކަށް، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1- މިނިސްޓްރީގެ ވެބްސައިޓް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ޕަބްލިކަށް ފަތުރަންޖެހޭ މަޢުލޫމާތު މީޑިއާ މެދުވެރިކޮށް ފެތުރުން
2- މިނިސްޓްރީއާއި ދާއިރާގެ ތަންތަނުން ހިންގާ މުހިންމު ހަރަކާތްތަކުގެ މަޢުލޫމާތު ވަގުތުން ވަގުތަށް ސޯޝަލް މީޑިއާގައި ފެތުރުން
3- މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޖަލްސާތައް އަދި އިވެންޓްތައް ކަވަރުކުރުން.
މަޤާމުގެ ޝަރުޠު:
1. މީޑިއާ ޕްބަލިކް ރިލޭޝަން/ މާރސް ކޮމިއުނިކޭޝަން/ ޖާނަލިޒަމްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން
އިންޓަވިއު ކުރުން.
ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 07 ޖޫން 2016 އާއި 20 ޖޫން 2016 އާ ދެމެދުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 8 ވަނަ ފަންގިފިލާ) ގައެވެ.
ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ސުންގަޑި:
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ޖޫން 07 ވަނަ ދުވަހުގެ 13:30 ގެ ކުރިން، ލިޔުމަކުން ހުށަހެޅުން އެދެމެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
1. އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
2. ވަޒީފާގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ.
3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ފެންނަ ކިޔަން އެނގޭ ކޮޕީއެއް
ނޯޓު:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3341427 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
18 ޝަޢުބާން 1437