ދިވެހިރާއްޖެ
އިޢުލާން
ވަގުތީ މުވައްޒަފުން ބޭނުންވެއްޖެ
މި ޑިޕާޓްމަންޓުން ކުރިއަށް ގެންދާ އިމްޙާނުތަކުގެ އިދާރީ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ މީހަކު ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ މީހުން 2016 ޖޫން 02 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި ޑިޕާޓްމަންޓަށް ފޯމު ހުށަހެޅުއްވުން އެދެމެވެ.
މަޤާމު: އެސިސްޓެންޓް އޮފިސަރ
ބޭނުންވާ އަދަދު: 01
އުޖޫރަ: މަސައްކަތުގައި ހޭދަކުރާ ކޮންމެ ގަޑިއަކަށް -/35 ރުފިޔާ
ޝަރުޠު:
- ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން
ފޯމު މި ޑިޕާޓްމަންޓްގެ ކައުންޓަރުންނާއި މިޑިޕާޓްމަންޓްގެ www.dpe.edu.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ. އިންޓަވިއުކުރާނީ ޝޯޓް ލިސްޓުކުރުމަށްފަހު އެންމެ މަތިން މާކްސް ލިބޭ މީހުންނާއެވެ. ޝޯޓް ލިސްޓު ކުރެވޭ މީހުންނަށް މަސައްކަތު 07 ދުވަހުގެ ތެރޭގައި ގުޅާނެ ވާހަކަ ދަންނަވަމެވެ. 07 ދުވަހުގެ ތެރޭގައި ނުގުޅާނަމަ، ޝޯޓްލިސްޓް ކުރެވޭ މީހުންގެ ތެރޭގައި އެ މީހަކު ނުހިމެނެނީއެވެ.
18 ޝަޢުބާން 1437