ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޤައުމީ ޔުނިވަރސިޓީގެ ބައެއް މަސައްކަތްތައް 1 އަހަރުދުވަހަށް ކޮންޓްރެކްޓް އުސޫލުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބައެއް މަސައްކަތްތައް 1 އަހަރުދުވަހަށް ކޮންޓްރެކްޓް އުސޫލުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

- ފޮޅައި ސާފުކުރުން

- ފުރާޅު ފޮޅައި ސާފުކުރުން

- ނަރުދަމާ ނިޒާމަށް ދިމާވާ މަސައްލަތައް ބެލެހެއްޓުން

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 2016 މޭ 29 ވާ އާދީއްތަ ދުވަހުގެ 10:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2016 މޭ 31 ވާ އަންގާރަ ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު ގައެވެ.

18 ޝަޢުބާން  1437

25 މޭ 2016
ހޯދާ