މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މަގުމަތީގައި ބަހައްޓާފައި ހުންނަ ތަކެތިނެގުން

އިޢުލާން

މަގުމަތީގައި ބަހައްޓާފައި ހުންނަ ތަކެތިނެގުން

މިހާރަކަށްއައިސް އައްޑޫސިޓީގެ އަވަށްތަކުގެ މަގުމަތީގައްޔާއި، ތާރުއަޅައިގެން ހަދާފައިވާ މަގުތަކާއި، ގާ އަތުރައިގެން ހަދާފައިވާ މަގުތަކުގެ ދުވާރުމަތީގައި، ހިނގާ މީހުންނަށާއި، ދުއްވާ އެއްޗިއްސަށް އުނދަގޫވާގޮތަށް، ބާވެފައި ހުންނަ ވެހިކަލާއި، ގެދޮރު ސާފުކޮށްގެން ނަގާފައި ހުންނަ އުކާލަންޖެހޭ ތަކެތި ފަދަ  އެއްޗެހި ބަހައްޓާފައި ހުންނަކަން ވަނީ ފާހަގަކުރެވިފައެވެ. ވިމާ، މިގޮތަށް އާންމުން ހިނގައި އުޅުމަށާއި، ދުއްވާއެއްޗިއްސަށް ދަތިވާގޮތަށް މަގުމަތީގައި ބަހައްޓާފައި ހުރި ތަކެތި 2016 މޭ 26 ވަނަ ދުވަހުން ފެށިގެން 2016 ޖޫން 05 ވަނަ ދުވަހުގެ ނިޔަލަށް ނަންގަވައި މަގުމަތި ސާފުކުރެއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ނުނަންގަވައި ހުންނަ ތަކެތި ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް ނަގަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.

25 މޭ 2016
ހޯދާ