ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މިމިނިސްޓްރީން ވާރލްޑް ބޭންކުގެ އެހީތެރިކަމާއެކު ހިންގަމުންގެންދާ ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ) މަޝްރޫޢުގެ ދަށުން ފުވައްމުލަކުގައި ޤާއިމު ކުރަމަށް ހަމަޖެހިފައިވާ ޕްރޮޓެކްޓެޑް އޭރިއާ މެނޭޖްމަންޓް ޔުނިޓަށް ރޭންޖާރސް ބޭނުންވެއެވެ.
|
މަޤާމު: |
ރޭންޖާރސް |
|
ބޭނުންވާ އަދަދު: |
1 |
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ޕްރޮޓެކްޓެޑް އޭރިއާ މެނޭޖްމަންޓް ޔުނިޓް (ފުވައްމުލައް) |
|
މުސާރަ: |
ތަޖުރިބާއާއި ތަޢުލީމީ ފެންވަރަށް ބަލައި -/10,000ރުފިޔާއާއި -/13,000ރުފިޔާއާ ދެމެދުގެ އުޖޫރައެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. |
|
އަދާކުރަންޖެހޭ މަސްއޫލިއްޔަތު: |
ޕްރޮޓެކްޓެޑް އޭރިއާ ބެލެހެއްޓުން؛ |
|
ފެންވަރު ނުވަތަ ޝަރުޠު: |
(ހ) މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދު ހާސިލު ކޮށްފައިވުން؛ ނުވަތަ، (ށ) މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދު ހާސިލު ކޮށްފައިވުމާއެކު، ދާއިރާގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ (ނ) ގުޅުންހުރި ދާއިރާއަކުން ޓްރެއިނިންގ ހާސިލު ކުރެވިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. (ރ) ބޭރުގެ އެހީގައި ހިންގާ މަޝްރޫޢެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
|
މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބެލޭނެ ކަންތައްތައް: |
|
|
އިތުރު މަޢުލޫމާތު: |
މިމަޤާމުތަކަށް މީހުން އައްޔަނު ކުރެވޭނީ 24 (ސައުވީސް) މަސްދުވަހުގެ މުއްދަތަށެވެ. އަދި މިމަޤާމުތަކަށް ހޮވޭ ފަރާތްތަކުން ޖުލައި 2016 ގައި މަސައްކަތް ފަށަން ޖެހޭނެއެވެ. |
|
ސުންގަޑި އަދި ލިޔުން ހުށަހަޅަންޖެހޭ އިދާރާ: |
2016 ޖޫން 09 (ބުރާސްފަތި) ދުވަހުގެ 14:00 ގެ ކުރިން ފުވައްމުލައް އަތޮޅު ކައުންސިލްގެ އިދާރާއަށް |
