މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ރ.މަޑުއްވަރީ، ށ.ފޯކައިދޫ، ބ.ދަރަވަންދޫ އަދި ހދ.ނޮޅިވަރަންފަރު ގައި ޤާއިމުކުރާ ފެނުގެ ނިޒާމްގެ ޑިޒައިން މަސައްކަތްކޮށް އަމަލީ މަސައްކަތް ސްޕަވައިޒް ކުރާނެ ފަރާތެއް ހޯދުން

ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

ރ.މަޑުއްވަރީ، ށ.ފޯކައިދޫ، ބ.ދަރަވަންދޫ އަދި ހދ.ނޮޅިވަރަންފަރު ގައި ޤާއިމުކުރާ ފެނުގެ ނިޒާމުގެ ޑިޒައިން މަސައްކަތްކޮށް އަމަލީ މަސައްކަތް ސްޕަވައިޒް ކުރާނެ ފަރާތެއް ހޯދުން

 1. ރ.މަޑުއްވަރީ، ށ.ފޯކައިދޫ، ބ.ދަރަވަންދޫ އަދި ހދ.ނޮޅިވަރަންފަރުގައި ފެނުގެ ނިޒާމެއް ޤާއިމުކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ކުރިއަށް ގެންދާ މަޝްރޫއަށް ބޭނުންވާ ފައިސާ ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) ހިލޭ އެހީގެ ދަށުން ވަނީ ހަމަޖެހިފައެވެ. މިގޮތުން މި މަޝްރޫޢުގެ ޑިޒައިން މަސައްކަތްކޮށް އަމަލީ މަސައްކަތް ސްޕަރވައިޒްކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 2. މި ކޮންސަލްޓަންސީ މަސައްކަތްތަކުގެ ތެރޭގައި ޕްރެލިމިނަރީ ޑިޒައިން ހެދުން، ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކުރުން، އިވެލުއޭޓް ކުރުން، ކޮންޓްރެކްޓް ނެގޯޝިއޭޓް ކުރުން، ކޮންޓްރެކްޓް މެނޭޖްމަންޓާއި، ކޮންޓްރެކްޓް އެގްރީމަންޓް ތައްޔާރުކުރުން އަދި 04 ރަށުގެ ފެނުގެ ނިޒާމު ޑިޒައިންގެ މަސައްކަތް ކުރުމާއެކު އަމަލީ މަސައްކަތް ސްޕަރވައިޒްކުރުން ހިމެނެއެވެ. މި މަސައްކަތުގެ މުއްދަތަކީ 18 މަސްދުވަހެވެ.

 3. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ކޮންސަލްޓަންޓުން ރިކުއެސްޓް ފޯރ ޕްރޮޕޯސަލް (އާރް.އެފް.ޕީ) އާ އެއްގޮތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެދިލެއްވުމުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މައުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތަޢުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.

 4. މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހަޅަން ޝައުޤުވެރިވާ ފަރާތްތަކުން 26 މޭ 2016 އިން 08 ޖޫން 2016 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް (ރަމަޟާން މަހު ބަންދުނޫން ކޮންމެ ދުވަހަކު 10:00 އިން 13:30 އަށް) މި ދަޢުވަތުގެ 07 ވަނަ ނަންބަރުގައިވާ އެޑްރެހަށް ލިޔުމަކުން ހުށަހެޅުމުން ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓަރީ ކޮށްދެވޭނެއެވެ. މި މަސައްކަތުގެ އާރް.އެފް.ޕީ މި މިނިސްޓްރީގެ ވެބް ސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 5. މި މަސައްކަތާ ބެހޭ އެއްވެސް ސުވާލެއްވާނަމަ 2016 ޖޫން 08 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް ފޮނުއްވައިދެއްވުން އެދެމެވެ.

 6. ވީމާ މިކަމަށް ޝައުޤުވެރިވާ، ޝަރުޠު ހަމަވާ ފަރާތްތަކުން 2015 ޖޫން 26 ވާ އާދީއްތަ ދުވަހު 12:00 ގެ ކުރިން "ޕްރޮޕޯސަލް" ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

ޓެންޑަރ އިވެލުއޭޝަން ސެކްޝަން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

އަމީނީމަގު،

މާލެ،  ދިވެހިރާއްޖެ.

އީމެއިލް އެޑްރެސް: [email protected]

[email protected]

25 މޭ 2016
ހޯދާ