މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރަމަޟާންމަހު މޯލްޑިވްސް ބްލަޑް ސާރވިސަސްއިން ޚިދުމަތް ލިބޭނެ ވަގުތުތައް

އިޢުލާން

2016 ވަނަ އަހަރު ރަމަޟާންމަހު މޯލްޑިވިއަން ބްލަޑް ސާރވިސަސްއިން ޚިދުމަތް ދޭން ހަމަޖެހިފައިވަނީ ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ތިރީގައި ދެންނެވިފައިވާ ގަޑިތަކުގައެވެ.

  • ހެނދުނު ދަންފަޅި - ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށް
  • ރޭގަނޑު ދަންފަޅި – ރޭގަނޑު 08:00 އިން ރޭގަނޑު 12:00 އަށް

އަދި ދަންނަވަމެވެ. ހެނދުނު ދަންފަޅީގައި ހުރިހާ އުމުރުފުރައެއްގެ ކުދިންނަށް ލޭ އެޅުމަށް ހަމަޖެހިފައިވާއިރު، ރޭގަނޑު ދަންފަޅީގައި ލޭ އެޅުމަށް ހަމަޖެހިފައިވަނީ 12 އަހަރުން މަތީގެ އުމުރުފުރައިގެ ކުދިންނަށެވެ.

ވީމާ، މި ސާރވިސަސްއިން ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. 

 18 ޝަޢުބާން 1437
25 މޭ 2016
ހޯދާ