މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މެޑިކަލް ލައިސެންސިންގ އިމްތިޙާނާ ބެހޭ

އިޢުލާން

މެޑިކަލް ލައިސެންސިންގ އިމްތިޙާނާ ބެހޭ

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ދިނުމަށް ހަމަޖެހިފައިވާ މެޑިކަލް ލައިސެންސިންގ އިމްތިޙާން 13 ޖޫން 2016 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އިމްތިޙާން ދިނުމަށް ހަމަޖެހިފައިވަނީ މެޑިކަލް ކައުންސިލުގައި 31 ޑިސެންބަރު 2013 ގެ ފަހުން ރަޖިސްޓަރީ ކޮށްފައިވާ ދިވެހި އަދި ބިދޭސީ MBBS ޑޮކްޓަރުންނަށެވެ. މި އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމާއި މި އިމްތިޙާނުގައި އަންނާނެ ބައިތަކާބެހޭ މަޢުލޫމާތު މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގެ ވެބްސައިޓް www.mmc.gov.mv އިން އެނގެން ހުންނާނެ ވާހަކަވެސް ދެންނެވީމެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 07 ޖޫން 2016 ގެ 13:00 އެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

18 ޝަޢުބާން 1437

25 މޭ 2016
ހޯދާ