ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: ލޯންޗް ޑްރައިވަރ (ކޮންޓްރެކްޓް އުސޫލުން)
އޮފީސް/ އިދާރާ: ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ސެކްޝަން: އެޗް. އާރ. އެންޑް އިންފޮމޭޝަން
ވަޒީފާ އަދާކުރަންޖެހޭ ތަން: ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ
މުސާރަ: މަހަކު -/3875 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ރޭންކް: SS3
މަޤާމުގެ ޝަރުޠު:
- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ކަނޑުއުޅަނދު ދުއްވުމުގެ ލައިސަންސް (22 މީހުންގެ ޖާގައިގެ ލޯންޗް ދުއްވުމުގެ ލައިސަންސް) ލިބިފައިވުން.
- ލޯންޗް ދުއްވުމުގެ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:
1- އަތޮޅު ކައުންސިލް އިދާރާގެ އުޅަނދުފަހަރުގައި ކުރަންޖެހޭ ދަތުރުތައް (ކައުންސިލް އިދާރާއިން ހަމަޖައްސާ އިންތިޒާމެއްގެ ދަށުން) ކުރުމުގައި ކެޕްޓަން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުން.
2- އަތޮޅުކައުންސިލް އިދާރާގެ ކަނޑުއުޅަނދުފަހަރު ދުއްވާއިރުގައްޔާއި ފަޅުގައި އޮންނައިރު، އެއަށް ގެއްލުން ލިބިދާނޭ އެންމެހައި ކަންކަމުން ރައްކާތެރިކޮށް އުޅަނދުފަހަރު ބެލެހެއްޓުމުގެ އެންމެހައި ކަންކަމުން ރައްކާތެރިކޮށް، އުޅަނދުފަހަރު ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައް އިންތިޒާމްކޮށް ހިންގުން.
3- ކަނޑުއުޅަނދު ފަހަރުގެ އިންވެންޓްރީގައި ހިމެނޭ ތަކެތި ރަނގަޅަށް ބަލަހައްޓައި، ހަލާކުވާ ތަކެތި މަރާމާތުކުރުމަށް އިދާރާގެ ކަމާބެހޭ ވެރިންނާއި މުވައްޒަފުންނާއި ވާހަކަދައްކައި، އިދާރާއިން ހަމަޖައްސާ އިންތިޒާމެއްގެދަށުން އެކަން ހިންގުން.
4- ސަރުކާރު ބަންދު ނޫން ދުވަސްތަކުގެ ރަސްމީގަޑީގައި ދަތުރެއްކުރަން ނުޖެހޭނަމަ، އިދާރާއިން އަންގާ ގޮތެއްގެ މަތިން އިދާރާގެ މަސައްކަތްތަކުގައި ބައިވެރިވުން.
ހުށަހަޅަންޖެހޭ ލިއުންތައް:
- ވަޒީފާއަށް އެދޭ ފޯމު.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީ.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
2016 ޖޫން 2 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ގއ. އަތޮޅު ކައުންސިލްގެ އިދާރާއަށް ފޯމު ހުށަހެޅުން އެދެމެވެ. ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
16 ޝަޢުބާން 1437