ކިނބިދޫ ސްކޫލް، ތ. ކިނބިދޫ
ދިވެހިރާއްޖެ
ރިލީފު ޓީޗަރ- ޢަރަބި

އިޢުލާން


ވަޒީފާގެ ފުރުޞަތު:

މި ސްކޫލުގެ، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް: ރިލީފް ޓީޗަރ- ޢަރަބި

ބޭނުންވާ އަދަދު: 1 (އެކެއް)    

މަޤާމުގެ ނަންބަރު:  -

މަޤާމުގެ ގިންތި: ވަގުތީ

ސަރވިސް: ޕްރޮފެޝަނަލް އޭ

ސަރވިސް އެލަވަންސް: -

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ކިނބިދޫ ސްކޫލް / ތ. ކިނބިދޫ

މުސާރަ:

1. ޢަރަބި ކިޔވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުގެ ލެވެލް 4 ހާސިލުކޮށްފައިވާ ރިލީފް ޓީޗަރުންނަށް، މުސާރައިގެގޮތުގައި، މަހަކު -/6090 ރުފިޔާއާއެކު، މަހަކު -/2500 ރުފިޔާގެ ސަރވިސް އެލަވަންސެއް ލިބޭނެ.

2. މަތީ ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވާ ރިލީފް ޓީޗަރުންނަށް، މުސާރައިގެގޮތުގައި، މަހަކު -/5500 ރުފިޔާއާއެކު، މަހަކު -/1500 ރުފިޔާގެ ސަރވިސް އެލަވަންސެއް ލިބޭނެ.

3. ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވާ ރިލީފް ޓީޗަރުންނަށް، މުސާރައިގެގޮތުގައި މަހަކު -/4500 ރުފިޔާއާއެކު، މަހަކު -/1500 ރުފިޔާގެ ސަރވިސް އެލަވަންސެއް ލިބޭނެ.

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީ މަސައްކަތް ކޮށްފިނަމަ، ސިވިލް ސަރވިސްގެ ގަވާއިދުގައި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

1. ޢަރަބި ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވުން. ނުވަތަ؛

3. ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވުން.

ނޯޓު: ކަރިކިއުލަމް ވޯރކްޝޮޕުގައި ބައިވެރިވެ، ތަމްރީނުވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ދިވެހިރާއްޖޭގެ މުޤައްރަރުގައިވާގޮތަށް ދަރިވަރުންނަށް ޢަރަބި ކިޔަވައިދިނުން.

2. ސްކީމާއި، ލެސަން ޕްލޭނާއި، ޓީޗިންގ އެއިޑްސް ހެދުން.

3. ޓެސްޓް ޕޭޕަރުތަކާއި ވޯކްޝީޓްތައް ތައްޔާރުކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު.

2- ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކުރެވިފައިވާ ކޮޕީ)

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.    

4- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

5- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

6. ކުރެވިފައިވާ މަސައްކަތުގެ ތަޖުރިބާގެ ލިޔުމުގެ އަސްލު (މި ލިޔުންތަކުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.)

ހުށަހަޅަންޖެހޭ ތަނާއި ސުންގަޑި:

2016 މޭ 31 ވާ އަންގާރަަ ދުވަހުގެ 14:00 ގެ ކުރިން، ކިނބިދޫ ސްކޫލް އޮފީހަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި ސްކޫލުގެ 6780095 ނަންބަރު ފޯނާ، ރަސްމީގަޑީގައި ގުޅުމުން، މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

 16 ޝަޢުބާން 1437

23 މޭ 2016
ހޯދާ