މަޤާމް:
|
ލެކްޗަރަރ (ޝަރީޢާ / ޤިރާއަތު)
|
ބޭނުންވާ އަދަދު: 1 (އެކެއް)
|
މުސާރަ:
|
މަހަކު 12,687/50 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 5,437/50 ރުފިޔާ
|
ފުޑް އެލަވަންސް: މަހަކު -/1،800 ރުފިޔާ (ބިދޭސީންނަށް)
|
އެކަމަޑޭޝަން ހަމަޖައްސައިދެވޭނެ (ބިދޭސީންނަށް)
|
އޮފީސް:
|
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ
|
ސްޕައިން ޕޮއިންޓް:
|
40
|
މަޤާމުގެ ޝަރުޠުތައް:
|
- ޝަރީޢާ ނުވަތަ ޤިރާއަތުން މާސްޓާޒް ޑިގްރީ ހާސިލުކޮށްފައިވުން. އަދި
- ޝަރީޢާ ނުވަތަ ޤިރާއަތުން ބެޗެލަރޒް ޑިގްރީ ހާސިލުކޮށްފައިވުން. އަދި
- ޢަރަބިބަހުން ކިޔަވައިދޭން އެނގުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޓޭބަލްކުރެވޭ ގަޑިއާއި، ބަދަލުގައި ނަގަންޖެހޭ ގަޑިތައް، ވަރކްލޯޑް ޕޮލިސީއާ އެއްގޮތަށް ނެގުން.
- ޓިއުޓޯރިއަލްއާއި، ޢަމަލީ ކްލާސްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވަރކްޝޮޕްތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތަކާއި، ކްލިނިކަލް ސެޝަންތައް ހިންގުން.
- ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މުޤައްރަރާ އެއްގޮތަށް، ތަފާތު ފެންވަރުގެ ކޯސްތަކަށް ކިޔަވައިދީ، ކޯސް ނިމުނުގޮތުގެ މަޢުލޫމާތު މެނޭޖްމަންޓަށް ދިނުމާއި، އެސައިންމެންޓާއި އިމްތިޙާން ކަރުދާސްތައް ހަދައި، މާކްސްތައް ތައްޔާރުކުރުން.
- ކޮންމެ ދަރިވަރެއްގެ ޕްރޮގްރެސްއާއި ޕަރފޯރމަންސް މޮނިޓަރކޮށް، މެނޭޖްމަންޓަށް މަޢުލޫމާތު ދިނުން.
- އައު މުޤައްރަރުތައް ފަރުމާކުރުމާއި، ބޭނުންކުރެވޭ މުޤައްރަރުތައް އިޞްލާޙުކުރުން.
- މާއްދާތަކުގެ އިމްތިޙާން ކަރުދާސްތައް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް އިމްތިޙާނު ދިނުމާއި، ކަނޑައެޅިފައިވާ މުއްދަތުގައި ޕޭޕަރުތައް މާކުކޮށް ނިންމުން.
- ޕާޓްޓައިމް ލެކްޗަރަރއިން ކިޔަވައިދޭ މާއްދާތަކުގެ އިމްތިޙާނު ދިނުމާއި، ކަނޑައެޅިފައިވާ މުއްދަތުގައި ޕޭޕަރުތައް މާކުކޮށް ނިންމުން.
- ކިޔަވައިދޭ މާއްދާތަކުގެ ފެންވަރު މަތިކުރެވޭނެ ގޮތްތައް ވިސްނައި، އެކަމަށް މަސައްކަތް ކުރުން.
- ފަންނީ މުވައްޒަފުންގެ ބައްދަލުވުންތަކުގައްޔާއި، މާއްދާތަކުގެ ޕެނަލްތަކުގައި ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް ކުރުމާއި، ޖޫނިއަރ ސްޓާފުންގެ ޢިލްމާއި ހުނަރު ތަރައްޤީކުރުމަށް މެނޭޖްމަންޓަށް އެހީތެރިވެދިނުން.
- އެކަޑަމިކް ރިސަރޗްކުރުމާއި، ރިސަރޗް ޕަބްލިޝްކުރުމުގައި ފެކަލްޓީތަކުގެ ބޭފުޅުންނާއެކު މަސައްކަތްކުރުން.
- ޕޯސްޓް ގްރެޖުއޭޓް ރިސަރޗް ދަރިވަރުން ސުޕަވައިޒްކުރުން.
- މާއްދާ ކޯޑިނޭޓްކުރުމާއި ކޯސް ކޯޑިނޭޓްކުރުން.
- މަޤާމާ ގުޅޭގޮތުން ފެކަލްޓީން ހަވާލުކުރެވޭ ކަންތައްތައް ކުރުން.
|
އެހެނިހެން ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- އެޕްލިކޭޝަން ފޯމު
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
- މުއްދަތު ހަމަނުވާ ޕާސްޕޯޓުގެ ކޮޕީ.
- ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
|
ސުންގަޑި:
|
މަޤާމަށް ކުރިމަތިލާ ފަރާތްތަކުން މި ޔުނިވަރސިޓީގެ [email protected] އަށް 2016 މޭ 29 ވަނަ ދުވަހުގެ ނިޔަލަށް އީމެއިލްކުރުން އެދެމެވެ.
|