ސިވިލް ކޯޓު
ދިވެހިރާއްޖެ
ހައުސްކީޕަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ހައުސްކީޕަރ

މަޤާމުގެ ރޭންކް: SS1

މަޤާމުގެ ކްލެސިފިކޭޝަން: ސްޕޯޓް ސްޓާފް 1

ބޭނުންވާ އަދަދު: 1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން: ސިވިލް ކޯޓު/ މާލެ،

މުސާރަ: މަހަކު -/3,100 ރުފިޔާ (ތިންހާސް އެއްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް: މަހަކު -/1,000 ރުފިޔާ (އެއް ހާސް ރުފިޔާ)

ލިވިންގ އެލަވަންސް: މަހަކު -/2,700 ރުފިޔާ (ދެހާސް ރުފިޔާ)

ޖުޑީޝަލް އެލަވަންސާއި، އިތުރުގަޑީގެ ފައިސާ: މުސާރައިގެ %40 އާއި، ވެރިއެއްގެ ހުއްދައާއެކު އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު: ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

- ކޯޓުގެ އިމާރާތު އެތެރެ، ކޮންމެ ދުވަހަކު ކުނިކަހައި ސާފުކުރުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

- ކޯޓުގެ އެކިއެކި މީޓިންގތަކަށް ބޭނުންވާ ރިފްރެޝްމަންޓް/ ސައި، ކަމާބެހޭ މުވައްޒަފުން އަންގަވާ ގޮތެއްގެ މަތިން ތައްޔާރުކުރުން.

ވަޒީފާގެ ކުރިއެރުމާއި، މުސާރައިގެ ކުރިއެރުން: ވަޒީފާގެ މަސައްކަތަށް ރަނގަޅުނަމަ، ކޮންމެ ދެ އަހަރަކުން އެއް އަހަރު މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- ސިވިލް ކޯޓުން ދޫކުރާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭފޯމު، ސިވިލް ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ކޯޓުގެ www.civilcourt.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓެއްނަމަ، ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ. ހުށަހަޅާނީ، އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީއެވެ.)

- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު.

- އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ގެ ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން، ސްކޫލް ލީވިންގ ސެޓުފިކެޓުގެ ފޮޓޯކޮޕީ ހުށަހަޅަންވާނެއެެވެ.

- ވަޒީފާ އަދާކުރާނަމަ، ނުވަތަ އަދާކޮށްފައިވާނަމަ، ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިޔުން (މަޤާމުގެ ކްލެސިފިކޭޝަނާއި، މުސާރައާއި، ރޭންކާއި، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެގޮތަށް)

- ބޮންޑެއް އޮތް ފަރާތެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.

ސުންގަޑި:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެއްޗާއެކު، 2016 މޭ 30 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން ސިވިލް ކޯޓަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

މި މަޤާމުގެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ޝަރުޠު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު:

އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ހުރިހާ ލިޔުމެއްގެ އަސްލު ގެންނަންވާނެއެވެ.

12  ޝަޢުބާން 1437      

19 މޭ 2016
ހޯދާ