ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ދަށުން ހިންގަމުންދާ ތ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުގެ ވަށައިފާރު ރާނައި މި ސެންޓަރުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: (IUL)459-A/1/2016/36 އިޢުލާން ބާޠިލުކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 2 ވާ ބުރާސްފަތި ދުވަހު 10:00 އަށް މި މިނިސްޓްރީ (ގ. ބިއްލޫރިޖެހިގެ) އަށް ނުވަތަ ތ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 2016 ޖޫން 8 ވާ ބުދަ ދުވަހު 10:00 އަށް މި މިނިސްޓްރީ (ގ.ބިއްލޫރިޖެހިގެ) އަށް ނުވަތަ ތ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ކޮންމެ މަސައްކަތެއްގެ އަގު ސާފުކޮށް އެނގޭނެހެން ވަކިވަކިންނެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
15 ޝަޢުބާން 1437