ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ޑިރެކްޓަރ، އެޗް. އާރް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ޑިރެކްޓަރ، އެޗް. އާރް

މަޤާމް:

އެގްޒެގެޓިވް

ކްލެސިފިކޭޝަން:

EX1

މަޤާމުގެ ރޭންކް:

މަހަކު -/8835 ރުފިޔާ

މުސާރަ:

- ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ

- އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސް: މުސާރައިގެ %35

އެހެނިހެން ޢިނާޔަތްތައް:

1 (އެކެއް)

ބޭނުންވާ އަދަދު:

ހިއުމަން ރިސޯސް މެނޭޖްމަންޓް

ބޭނުންވާ ސެކްޝަން:

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް:

1. ހިއުމަން  ރިސޯސް / މެނޭޖްމަންޓް / ބިޒްނަސް  އެޑްމިނިސްޓްރޭޝަންގެ  ދާއިރާއިން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ހިއުމަން  ރިސޯސް / މެނޭޖްމަންޓް / ބިޒްނަސް  އެޑްމިނިސްޓްރޭޝަންގެ  ދާއިރާއިން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. ހިއުމަން  ރިސޯސް / މެނޭޖްމަންޓް/ ބިޒްނަސް  އެޑްމިނިސްޓްރޭޝަންގެ  ދާއިރާއިން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

 

މަޤާމުގެ ޝަރުޠުތައް:

  • ސެކްޝަނުގެ މަސައްކަތްތައް ޑިވިޜަން ހެޑްގެ ލަފަޔާއެކު ކުރިއަށްގެންދިއުން.
  • ބިއުރޯގެ އެޗް. އާރް ޕްލޭނާއި، އެޗް، އާރް ރިކުއަރމެންޓް ޑިވިޜަންގެ ހެޑްގެ ލަފަޔާއެކު ކުރިއަށްގެންދިއުން.
  • އޮނިގަނޑަށް ގެންނަންޖެހޭ އިޞްލާޙުތައް، ޑިވިޜަންގެ ހެޑްގެ ލަފަޔާއެކު ކުރިއަށްގެންދިއުން.
  • ސެކްޝަނުގެ މަސައްކަތްތައް ހިނގާނުހިގާގޮތް ބެލުމާއި، މަސައްކަތްތައް ހަލުވިކުރުމަށް ބޭނުންވާ ކަންތައްތައް ރޭވުން.
  • މަޤާމުތައް އުފެއްދުމާ ގުޅޭ އެންމެހައި ކަންތައްތައް، ޑިވިޜަން ހެޑްގެ ލަފަޔާއެކު ކުރިއަށްގެންދިއުން.
  • ސެކްޝަނުގެ މަސައްކަތްތައް ކުރިއަށްގެންދާނެގޮތް ރޭވުމުގައި ސެކްޝަނުގެ ބައްދަލުވުންތައް ބޭއްވުން.
  • ސެކްޝަނުގެ މަސައްކަތްތައް ކުރިއަށްގެންދާނެގޮތުގެ ލަފަޔާއި އިރުޝާދު މުވައްޒަފުންނަށް ދިނުން.
  • ސެކްޝަނުގައި މަސައްކަތްކުރަމުންގެންދާ ހުރިހާ މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމާއި، މުވައްޒަފުންނަށް ބޭނުންވާ އިރުޝާދާއި ލަފާދިނުން.
  • ސެކްޝަނުގެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުން.

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

މި މަޤާމަށް ހޮވޭ ފަރާތްތަކަށް، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އިތުރު ޢިނާޔަތްތައް:

މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއުއާއި އިމްތިޙާންކުރުން، އިޢުލާނަށް މުއްދަތު ހަމަވާތާ ދެ ހަފްތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ.

އިންޓަވިއުކުރުމާއި، އިމްތިޙާން ކުރުން:

- ވަޒީފާގެ ދާއިރާގެ މަސައްކަތުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު.

- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު.

- ޖިސްމާނީ ޤާބިލްކަމާއި، ނަފްސާނީ ޤާބިލްކަމާއި، ފަންނީ ޤާބިލްކަން ހުރި މިންވަރު.

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

1. ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ބައު އިމާރާތުގެ 2 ވަނަ ފަންގިފިލާއިން ލިބެން ހުންނާނެއެވެ.)

2. ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސެޓްފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

6. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ސީވީ)

7. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓްފިކެޓްތައް

8. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

ހުށަހަޅަންޖެހޭ ލިޔުންތައް:

2016 މޭ 29 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ބައު އިމާރާތުގެ 2 ވަނަ ފަންގިފިލާއަށް ހުށަހެޅުން އެދެމެވެ.

ސުންގަޑި:

 

މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3349388 ނަންބަރު ފޯނަށް ނުވަތަ 3349395 ނަންބަރު ފޯނަށެވެ.

އިތުރު މަޢުލާމާތު:

11 ޝަޢުބާން 1437

18 މޭ 2016
ހޯދާ