އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ސޭލްސް އެޖެންޓް ޓްރެއިނީ
ބޭނުންވާ އަދަދު :2

ސޭލްސް އެޖެންޓް ޓްރެއިނީ (ޖޮބް ރިފަރެންސް ނަންބަރު J/2016/50)

ކުރަންޖެހޭ މައިގަނޑު މަސައްކަތް: ކުންފުނީގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ގަވާއިދުތަކާ އެއްގޮތަށް ދުވަހުން ދުވަހަށް ނަގަންޖެހޭ ޓިކެޓްތަކުގެ ރިޒަވޭޝަން ހެއްދުމާއި ޓިކެޓް ނަގައިދިނުން.

ފެންވަރު ނުވަތަ ޝަރުޠު:

- މަތީޘާނަވީ އިމްތިޙާން ފުރިހަމަކޮށް، އިނގިރޭސި އަދި ހިސާބު، މި ދެމާއްދާއިން ދައްވެގެން ސީ ފާސް ލިބިފައިވުން.

- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.

- މީހުންނާ ގުޅިގެން އެކުގައި މަސައްކަތްކުރެވޭ މީހެއް ކަމުގައިވުން.

- މައިކްރޮސޮފްޓް އޮފީސް ޕެކޭޖް ފަރިތަކަމާއެކު ބޭނުންކުރަން އެނގުން.

- މި މަޤާމަށް މީހުން ހޮވުމުގައި މަސައްކަތާގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިފާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވިއަން ހޮލިޑޭސް / މާލެ

މަޤާމް :ޑްރައިވަރ ޓްރެއިނީ
ބޭނުންވާ އަދަދު :1

ޑްރައިވަރ ޓްރެއިނީ (ޖޮބް ރިފަރެންސް ނަންބަރު J/2016/51)

ކުރަންޖެހޭ މައިގަނޑު މަސައްކަތް: މިކުންފުނިން އަދި ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ އުސޫލުތަކާއި ގަވާއިދުތަކާ އެއްގޮތަށް އެއްގަމު ދުއްވާ އުޅަނދު ދުއްވުމާއި އުޅަނދުތަކުގެ ކުދިކުދި މަރާމާތުތައް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

- ގްރޭޑް 08 ގެ ފެންވަރު ހުރުމާއެކު، އިނގިރޭސި ލިޔެކިޔަން އެނގުން.

- މި މަޤާމަށް މީހުން ހޮވުމުގައި އެއްގަމު އުޅަނދު ދުއްވުމުގެ (ވެހިކަލް ދުއްވުމުގެ ކެޓަގަރީން، ބީ0، ބީ1 ،ބީ2 އަދި ސީ1، ސީ2، ސީ1އީ) ލައިސަންސް ލިބިފައިވުން.   

- މި މަޤާމަށް މީހަކު ހޮވުމުގައި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނޭ މީހުންނަށް އިސްކަންދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: އިންޖިނިއަރިންގ ޑިޕާޓްމަންޓް / އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެެއަރޕޯޓް

ވީމާ، މިމަޤާމުތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ، 29 މޭ 2016 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް

އައިލެންޑް އޭވިއޭޝަން ހެޑްއޮފީސް

މ. ރާވެރިގެ، މަޖީދީމަގު، މާލެ، ދިވެހިރާއްޖެ

ފޯން ނަންބަރު: 3331262 ފެކްސް ނަންބަރު: 3314806    

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު މިކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި ކުންފުނީގެ ވެބްސައިޓް އެޑްރެހަކީ www.maldivian.aero އެވެ. އަދި މި ވަޒީފާއާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މިކުންފުނީގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށެވެ.

މަޢުލޫމާތު ފުރިހަމަނުވާ އަދި ޝަރުޠު ހަމަނުވާ އެޕްލިކޭޝަންސް ޑިސްކޮލިފައިވާނެވާހަކަ ދެންނެވީމެވެ. އަދި ބަޔާންކުރެވިފައިވާ ވަޒީފާއަށް ގުޅާނީ ހަމައެކަނި ޝޯޓްލިސްޓެޑް ފަރާތްތަކަށް ކަމުގައި ދެންނެވީމެވެ. 

16 ޝަޢުބާން 1437

23 މޭ 2016
ހޯދާ