ދިވެހިރާއްޖެ
އިޢުލާން
ކޮންޓްރެކް ޓީޗަރަކު ބޭނުންވެއްޖެ:
މި ސްކޫލުގެ ދިވެހި ޓީޗަރ، 24 މޭ 2016 އިން 30 ސެޕްޓެންބަރު 2016 އަށް ނޯޕޭލީވް ނެގުމަށް ހުށަހަޅާފައިވާތީ، މި މުއްދަތުގެ ތެރޭގައި މަސައްކަތްކުރާނެ ކޮންޓްރެކްޓް ޓީޗަރަކު ބޭނުންވެއެވެ.
ފެންވަރު ނުވަތަ ޝަރުތު: ޘާނަވީ ތަޢުލީމް ނިންމާފައިވުން (ގްރޭޑް 10 ނިންމާފައިވުން)
ފެންވަރު މުސާރަ ސަރވިސް އެލަވަންސް
ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވާނަމަ މަހަކު -/4،500 ރުފިޔާ މަހަކު -/1،500 ރުފިޔާ މަތީ ސާނަވީ ތަޢުލީމް ހާސިލްކޮށްފައިވާނަމަ މަހަކު -/5،500 ރުފިޔާ މަހަކު -/1،500 ރުފިޔާ ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ މަހަކު -/6،090 ރުފިޔާ މަހަކު -/2،500 ރުފިޔާ |
އިތުރު ޢިނާޔަތްތައް:
އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ގަވާއިދުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
މުއްދަތު:
3 (ތިނެއް) މަސްދުވަސް (މަސައްކަތައް ރަނގަޅުނަމަ، މުއްދަތު އިތުރުކުރެވޭނެއެވެ)
ބޭނުންވާ އަދަދު: 1 (އެކެއް)
ސުންގަޑި:
މިކަމަށް ޝައުޤުވެރިކަންހުރި ފަރާތްތަކުން، 2016 މޭ 29 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި ސްކޫލަށް ސިޓީ ފޮނުވުން އެދެމެވެ. ސިޓީއާއެކު، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހެޅުން އެދެމެވެ. ތަޢުލީމީ ސެޓްފިކެޓްތައް ހުންނަންވާނީ އެކްރެޑިޓްކުރެވިފައެވެ. އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައެވެ. މީގެއިތުރުން، އިތުރު ތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ފަރާތެއްނަމަ، ވަޒީފާގައި އުޅުނުކަމުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
އިންޓަވިއު:
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ބާއްވާ އިންޓަވިއު، 2016 މޭ 30 އާއި 31 ގައި ކިހާދޫ ސުކޫލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 6600017 ނަންބަރު ފޯނާ، ރަސްމީ ގަޑީގައި ގުޅުން އެދެމެވެ.
11 ޝަޢުބާން 1437