ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:  

ކޯޓް އޮފިސަރގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި 2 މޭ 2016 ގައި ކުރެވުނު މި ކޯޓުގެ P5C/2016/07 (އައިޔޫއެލް) ނަންބަރުގެ އިޢުލާނާ ގުޅިގެން އެ މަޤާމަށް ކުރިމަތިލާފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ، އެ އިޢުލާން ބާޠިލްކޮށްފައި، އެ މަޤާމަށް މީހަކު ހޯދުމަށްޓަކައި އިޢުލާންކުރީމެވެ.                      

މަޤާމް: ކޯޓް އޮފިސަރ

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:  އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން: ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓް

މަޤާމުގެ އަސާސީ މުސާރަ: -/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)

ސަރވިސް އެލަވަންސް: -/1500 ރުފިޔާ (ފަނަރަ ސަތޭކަ ރުފިޔާ)

ލިވިންގ އެލަވަންސް: -/2550 ރުފިޔާ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)

ޖުޑީޝަލް އެލަވަންސް: އަސާސީ މުސާރައިގެ %35

އިތުރު ޢިނާޔަތްތައް: އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ ޝަރުޠު:

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއި، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު، ޖީ. އެސް. 2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ހާސިލުކޮށްފައިވާ ތަމްރީނަށާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި، ޤާބިލްކަން ކަށަވަރުކުރުމަށްޓަކައި އިންޓަވިއު ކުރެވޭނެއެވެ. އަދި ވަޒީފާއަށް ބޭނުންވާ ހުނަރަށް މީހާ ޤާބިލްވެފައިވާ މިންވަރު ބެލުމަށްޓަކައި ޢަމަލީ އިމްތިޙާނެއް ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސައްކަތް:

ކޯޓުގެ ޝަރުޢީ މަސައްކަތްތަކާއި، އިދާރީ އެންމެހައި މަސައްކަތްތައް.

ހުށަހަޅަންޖެހޭ ތަކެތި:

1- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު (މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި www.judiciary.gov.mv ގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު:

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލުގެ ކޮޕީ)

5- ސެޓްފިކެޓް ލެވެލްގެ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިނުވާ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރުމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ކޯހުގެ ލެވެލް ބަޔާންކުރައްވާފައި ދޫކުރައްވާފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)

6- އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، އަދާކުރި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ އަސްލުގެ ކޮޕީ)

ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެ ގޮތް:

މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، 2016 މޭ 29 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، މަތީގައިވާ ލިޔުންތައް މި ކޯޓަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް 6820042 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

5 ޝަޢުބާން 1437

12 މޭ 2016
ހޯދާ