މަޤާމު
|
މުދިމް/އިމާމް/އިސްއިމާމު
|
ބޭނުންވާ އަދަދު
|
1
|
މަޤާމު އޮތް އޮފީސް
|
މިނިސްޓްރީއޮފް އިސްލާމިކް އެފެއާޒް
|
ސެކްޝަން
|
މޮސްކް މެނޭޖްމަންޓް ސެކްޝަން
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލް އިދާރާ
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު
|
- ކައުންސިލްގެ އިދާރާއިން ހަވާލުކުރާ މިސްކިތެއްގައި ފަރުޟު ފަސްނަމާދު ކޮންމެ ނަމާދު ވަގުތެއްގެ ގަޑި ޖެހުމުގެ ކުރިން މިސްކިތަށް ހާޒިރުވެ މިސްކިތުގެ ކަންތައްތައް ބަލައި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި ފަރުޟު ފަސްނަމާދުގައި ގަޑި ނުޖެހި ނަމާދު ވަގުތުގައި ބަންގި ގޮވުމާއި، އިމާމްވެ ނަމާދުކުރުން.
- ދުވަހު ހާޒިރީގައި ސޮއިކޮށްފައިވަނިކޮށް، ހަމަ އެދުވަހު ކަމެއް ދިމާވެގެން މިސްކިތަށް ދިއުމަށް އުޒުރުވެރިވާނަމަ، ނުވަތަ ސަލާމުގެ ޗުއްޓީގައި ހުންނަ ދުވަހެއްނަމަ، އެ ދުވަހުގެ ބާކީ އޮތްބައި ފުރިހަމަކުރުމަށް، ކީރިތި ޤުރްއާން ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކިޔަވަން ދަންނަ، އަޑުހަރުކޮށް ބަންގިގޮވޭފަދަ ޤާބިލު މީހަކާ މިސްކިތުގައި އިމާމުވެ ނަމާދުކުރަން ހަވާލުކޮށްފައި، އިދާރާއަށް އެކަން އެންގުން.
- މިސްކިތު މަސައްކަތު މީހުންގެ މަސައްކަތްތައް ސްޕަވައިޒްކުރުން
- މިސްކިތަށް ލިބޭ ގެއްލުންތަކާއި، ދަތިވާ ކަންކަން ކައުންސިލް އިދާރާއަށް ހުށަހަޅައި އެކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރުން.
- މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުން
- ކޭތަނަމާދާއި ޢީދުނަމާދާއި ހުކުރުނަމާދު އަދި ތަރާވީޙުނަމާދާއި، ކަށުނަމާދު ކައުންސިލްގެ އިދާރާއިން އަންގައިފިނަމަ އިމާމުވެ މިސްކިތުގައި ކުރުން.
|
މަޤާމު
|
ރޭންކް
|
ކްލެފިކޭޝާން
|
ޝަރުޠު
|
މުސާރަ
|
ސަރވިސް އެލަވަންސް
|
މުދިމު
|
ޖީ.އެސް 1
|
އެސިސްޓެންޓް އޮފިސަރގްރޭޑް1
|
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު،
- އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އަދި އިމާމުވެ ނަމާދު ކުރެވޭވަރަށް ތަޖުވީދު މަގުން ކީރިތި ޤުރުއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެވޭ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން، ނުވަތަ
- ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވުން
|
-/3565
|
-/1500
|
އިމާމު
|
ޖީ.އެސް 3
|
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ އޮފިސަރ ގްރޭޑް 1
|
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބތު ކޮށްދިނުމާއެކު،
- މުދިމްކަމުގެ ސަނަދު ލިބިފައިވުން ނުވަތަ،
- ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން ނުވަތަ،
- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން.
|
4465.00
|
-/1500
|
އިމާމު
|
ޖީ.އެސް 4
|
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ އޮފިސަރ ގްރޭޑް 2
|
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއެކު،
- އިމާމުގެ މަޤާމުގައި ޖީ.އެސް 3 ރޭންކްގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
- މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ޤަބޫލުކުރާ ދީނީ މަރުކަޒަކުން މަތި ޘާނަވީ ސެޓްފިކެޓް ލިބިފައިވުން ނުވަތަ،
- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން.
|
5020.00
|
-/1500
|
އިމާމު
|
އެމް.އެސް 1
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއެކު،
- އިމާމުގެ މަޤާމުގައި ޖީ.އެސް 4 ރޭންކްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން.
|
5610.00
|
-/2000
|
އިމާމު
|
އެމް.އެސް 2
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު،
- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން.
|
6295.00
|
-/2000
|
އިސްއިމާމު
|
އެމް.އެސް 3
|
ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު،
- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ލިބިފައި ވުމާއެކު، އިމާމުކަމުގެ މަޤާމުގައި އެމް.އެސް 2 ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލު ކޮށްފައިވުން.
|
-/7035
|
-/2000
|
އެހެނިހެން އިނާޔަތްތައް:
|
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހުގެ ފައިސާ އަދި މަސައްކަތަށް ރަނގަޅުނަމަ ސިވިލްސަރވިސްގެ މުވައްޒަފުންނާބެހޭ ގަވާއިދުގައިވާ ގޮތުގެމަތިން ވަޒީފާގެ ކުރިއެރުން ދެވޭނެއެވެ. އަދި އަހަރީ ޗުއްޓީގެ ގޮތުގައި ކޮންމެ އަހަރަކު 30 ދުވަހާއި، ޢާއިލީ ޒިންމާ ޗުއްޓީގެ ގޮތުގައި 10 ދުވަސް ލިބޭނެއެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
1 - ތަޢުލީމާއި ތަމްރީނު
2 - މަސައްކަތުގެ ތަޖުރިބާ.
3 - މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި ސިފަތައް
|
މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި ޕްރެކްޓިކަލްސް އަދި އިމްތިޙާން ކުރުން އޮންނާނެ ތާރީޚާއި ތަން:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތުގެ 15 ދުވަހުގެ ތެރޭގައި ކުރިމަތިލީ ފަރާތްތަކަށް އެންގޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު އދ. އޮމަދޫ ކައުންސިލް އިދާރާގެ ކައުންޓަރުންނާއި، ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓް: www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ސެޓުފިކެޓުތައް. (މޯލްޑިވްސް ކޮލިސިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި،
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
2016 ޖޫން 02 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
|
އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލް އިދާރާގެ ނަންބަރު 6780039 ފޯނާ ގުޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020267 އަށް އަދި ފެކްސް ނަންބަރަކީ 6780039
އީމެއިލް ކުރައްވާނީ [email protected] އަށެވެ.
|