ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސެޓުފިކެޓު 3 އިން މެރިން އޮޕަރޭޝަންސް / ސެޓުފިކެޓު 3 އިން މެރިން އެންޖިނިއަރިންގ

އިޢުލާން

ތިރީގައި މިވަނީ މިޔުނިވަރސިޓީގައި ޖުލައި 2016 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯހެއްގެ މަޢުލޫމާތެވެ. މި ކޯހަށް މިހާރުވެސް ދަނީ ފޯމު ބަލައިގަންނަމުންނެވެ. އަދި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެ ފަހު ތާރީޚަކީ 29 ޖޫން 2016 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް

ސެޓުފިކެޓު 3 އިން މެރިން އޮޕަރޭޝަންސް

މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ)

ޖާގަ: 30

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ.މާލެ، ފުލްޓައިމް

ތަޢާރުފު:

މި ކޯހުގައި އާގު ބޯޓުގެ ނެވިކަމުގެ ރޮނގުން ބައިވެރިން ތަމްރީނު ކުރުވެއެވެ. ބޯޓު ދަތުރު ކުރުމަކީ ރަނގަޅު މަންފާއެއް ލިބޭ މަސައްކަތެކެވެ. މިއީ ރާއްޖޭގެ އެތެރޭގެ ދަތުރުތަކަށް ވެސް ވަރަށް ބޭނުންތެރި ކޯހެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ފަށާ ތަޢުލީމު ހާސިލުކޮށްފައިވުން. ނުވަތަ އެމް.އެން.ކިޔު.އެފް ގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ށ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު ކޯސްޓަލް ނެވިގޭޝަން ކޯހުގެ ސަނަދު ހާސިލުކޮށްފައިވުން. އަދި ދަށްވެގެން 100 ގްރޮސް ޓަނޭޖްގެ، ނުވަތަ ކުރުވެގެން 24 މީޓަރުގެ، ނުވަތަ މަދުވެގެން 12 ފަސިންޖަރުންގެ އުޅަނދެއްގައި މާސްޓަރ ނުވަތަ ނެވިގޭޓިންގ އޮފިސަރެއްގެ ގޮތުގައި 36 މަސްދުވަހުގެ ކަނޑުމަތީގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

ނ. ޞައްޙަކަން ބެލިފައިވާ 36 މަސްދުވަހަށްވުރެ މަދުނޫން މުއްދަތެއްގެ ކަނޑުމަތީގެ ތަޖުރިބާ 500 ގްރޮސް ޓަނާއި މިއަށްވުރެ ބޮޑު އާގުބޯޓުފަހަރުގެ ޑެކް ޑިޕާޓްމަންޓްގެ ދާއިރާއިން ލިބިފައިވުން. (މީގެ ތެރޭގައި 6 މަސްދުވަހުގެ ނެވިކަމުގެ ޑިއުޓީ ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވުން). ނުވަތަ

ރ. ޞައްޙަކަން ބެލިފައިވާ 1 އަހަރުދުވަހަށްވުރެ މަދުނޫން މުއްދަތެއްގެ ތަމްރީނު ޕްރޮގްރާމެއް އާގުބޯޓުފަހަރުގެ ޑެކް ޑިޕާޓްމަންޓްގެ ދާއިރާއިން ފުރިހަމަކޮށް ތަމްރީނު ރެކޯޑުފޮތެއްގައި ރެކޯޑު ކުރެވިފައި އޮތުން.

ނޯޓް: ކަނޑުމަތީ ތަޖުރިބާ ހުރިކަން ދައްކައިދޭ ލިޔުމެއް (letter of eligibility) ޓްރާންސްޕޯޓް އޮތޯރިޓީން ހޯދައި އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންވާނެއެވެ.

ސެޓުފިކެޓު 3 އިން މެރިން އެންޖިނިއަރިންގ

މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ)

ޖާގަ: 60 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ފުލްޓައިމް (30 ޖާގަ)، ހދ.ކުޅުދުއްފުށި، ފުލްޓައިމް (30 ޖާގަ)

ތަޢާރުފު:

މި ކޯހުގައި އާގު ބޯޓުގެ އިންޖީނޭރުކަމުގެ ރޮނގުން ބައިވެރިން ތަމްރީނު ކުރުވެއެވެ. ބޯޓު ދަތުރު ކުރުމަކީ ރަނގަޅު މަންފާއެއް ލިބޭ މަސައްކަތެކެވެ. މިއީ ރާއްޖޭގެ އެތެރޭގެ ދަތުރުތަކަށް ވެސް ވަރަށް ބޭނުންތެރި ކޯހެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ފަށާ ތަޢުލީމު ހާސިލުކޮށްފައިވުން. ނުވަތަ އެމް.އެން.ކިޔު.އެފް. ގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ށ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު މަދުވެގެން 750 ކިލޯވޮޓްގެ އިންޖީނެއް ހުރި އާގުބޯޓެއްގެ އިންޖީންރޫމުގައި މަދުވެގެން 36 މަސްދުވަހުގެ ކަނޑުމަތީގެ ތަޖުރިބާ ލިބިފައިވުން.

ނޯޓް: މި ކޯހަށް ކުރިމަތިލާ ހުރިހާ ފަރާތްތަކުންވެސް ވޭތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި ހައްދާފައިވާ މެޑިކަލް ސެޓުފިކެޓެއް ހުށަހަޅަންޖެހޭނެއެވެ. އަދި ކަނޑުމަތީ ތަޖުރިބާ ހުރިކަން ދައްކައިދޭ ލިޔުމެއް (letter of eligibility) ޓްރާންސްޕޯޓް އޮތޯރިޓީން ހޯދައި އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންވާނެއެވެ.

23 މޭ 2016
ހޯދާ