ދިވެހިރާއްޖެ
އިޢުލާން
އެޑްމިނިސްޓްރޭޓަރގެ މަޤާމަށް މުވައްޒަފަކު ހޯދުން:
އެޑްމިނިސްޓްރޭޓަރގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި 21 މާރިޗު 2016 ގައި މި ސްކޫލުން ކޮށްފައިވާ GS-154/2016/21 ނަންބަރުގެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
މަޤާމް: އެޑްމިނިސްޓްރޭޓަރ
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެމް. އެސް. 3
މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ/ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1
މުސާރަ: މަހަކު -/7035 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ
ވަޒީފާ އޮތް އޮފީސް: ކުނބުރުދޫ ސްކޫލް
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިން، ކުނބުރުދޫ ސްކޫލް
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ސަރުކާރުގެ ފައިސާއާބެހޭ އާންމު ގަވާއިދުތަކާއި ހަމަތަކުގެމަތިން ސްކޫލަށް ބޭނުންވާ ހުރިހާ ޚަރަދުތަކެއް ކުރުމަށް ގެންދެވޭގޮތް ބެލުމާއެކު، މި ޚަރަދުތައް ކުރެވޭގޮތާއި ޚަރަދުތައް ހިނގާ ނުހިނގާގޮތް ބެލުން.
- އެ އަހަރަކަށް ހަމަޖެހިފައިވާ ބަޖެޓުން ޚަރަދުތައް ހަމަޖެއްސޭތޯ ބެލުމުގެގޮތުން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރުން.
- ސްކޫލުގެ ބަޖެޓަށް ބޭނުންވާ ފައިސާ ބަޖެޓަށް އިތުރުކުރުމުގެގޮތުން ނުވަތަ އެއް އައިޓަމުން އަނެއް އައިޓަމަށް ބަދަލުކުރުމުގެގޮތުން ކުރަންޖެހޭ ކަންތައްތައް، ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ކުރުން.
- ސްކޫލުގެ މުވައްޒަފުންނާއި ޓީޗަރުންނަށް މުސާރައާއި އެހެނިހެން ފައިސާ ގުޅޭގޮތުން ވެރިއެއްގެ ހައިސިއްޔަތުން ބަލަހައްޓަންޖެހޭ ކަންތައްތައް ބެލެހެއްޓުން.
- ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުން.
- ސްކޫލުގެ އިދާރީ ކަންކަމާ ގުޅޭ މަސައްކަތްތައް، ޕްރިންސިޕަލްގެ އިރުސާދުގެދަށުން ހިންގުމާއި، އެކަންކަން ހަރުދަނާކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުން.
- ކިޔަވައިދިނުމާ ސީދާ ގުޅުމެއް ނެތް އެންމެހައި މުވައްޒަފުންގެ މަސައްކަތްތައް ބެލެހެއްޓުން.
- ސްކޫލުގެ އެންމެހައި އިމާރާތްތަކާއި ގޯތިތެރެ އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމުގެ އިންތިޒާމުކުރުން.
- ސްކޫލުގެ އިމާރާތްތަކާއި ތަކެތި އެކި ފަރާތްތަކަށް ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
ދާއިރާތައް:
- އެކައުންޓިންގ
- ފައިނޭންސް
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- މެނޭޖްމެންޓް
- ސްކޫލް މެނޭޖްމެންޓް
- ކިޔަވައިދިނުމުގެ ދާއިރާ
- އިންފޮމޭޝަން ޓެކްނޮލޮޖީ
- ހިއުމަން ރިސޯސް މެނޭޖްމެންޓް
މަޤާމުގެ ޝަރުޠު:
1. އެކައުންޓިންގ / ފައިނޭންސް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓް / ސްކޫލް މެނޭޖްމެންޓް / ކިޔަވައިދިނުމުގެ ދާއިރާ / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމެންޓާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓިންގ / ފައިނޭންސް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓް / ސްކޫލް މެނޭޖްމެންޓް / ކިޔަވައިދިނުމުގެ ދާއިރާ / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
2. އެކައުންޓިންގ / ފައިނޭންސް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓް / ސްކޫލް މެނޭޖްމެންޓް / ކިޔަވައިދިނުމުގެ ދާއިރާ / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމެންޓާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓިންގ / ފައިނޭންސް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓް / ސްކޫލް މެނޭޖްމެންޓް / ކިޔަވައިދިނުމުގެ ދާއިރާ / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
3. އެކައުންޓިންގ / ފައިނޭންސް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓް / ސްކޫލް މެނޭޖްމެންޓް / ކިޔަވައިދިނުމުގެ ދާއިރާ / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމެންޓާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓިންގ / ފައިނޭންސް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓް / ސްކޫލް މެނޭޖްމެންޓް / ކިޔަވައިދިނުމުގެ ދާއިރާ / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
4. އެކައުންޓިންގ / ފައިނޭންސް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓް / ސްކޫލް މެނޭޖްމެންޓް / ކިޔަވައިދިނުމުގެ ދާއިރާ / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމެންޓާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
5. އެކައުންޓިންގ / ފައިނޭންސް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓް / ސްކޫލް މެނޭޖްމެންޓް / ކިޔަވައިދިނުމުގެ ދާއިރާ / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމެންޓާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
- ވަޒީފާގެ ޝަރުޠު: ވަޒީފާއަށް ކަނޑައެޅިފައިވާ ޝަރުޠު ފުރިހަމަވުން (ވަޒީފާގެ ޝަރުޠު ފުރިހަމަނުވާނަމަ، ޑިސްކޮލިފައިވާނެ)
- ތަޢުލީމާއި ތަމްރީން: ލިބިފައިވާ އިތުރު ތަޢުލީމާއި، ވަޒީފާއާ ގުޅުންހުރި، ކުރު މުއްދަތުގެ ތަމްރީނުތައް.
- ތަޖުރިބާ: ވަޒީފާއާ ގުޅުންހުރި ތަޖުރިބާއާއި، އެހެނިހެން ތަޖުރިބާ.
- ލިބިފައިވާ ހުނަރު: އިންޓަވިއު / ޕްރެކްޓިކަލްސް.
އިންޓަވިއު ކުރުން:
ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު ކުރުން އޮންނާނީ، މުއްދަތު ހަމަވާތާ ފަސްދުވަހުގެ ތެރޭގައެވެ.
ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ކުނބުރުދޫ ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ކުނބުރުދޫ ސްކޫލުގެ އޮފީހަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖޫން 2 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.
ނޯޓު:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައި ދެވޭނެއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ކުނބުރުދޫ ސްކޫލުގެ 6680842 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
16 ޝަޢުބާން 1437