މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
ސްކޮލަރޝިޕް ފުރުޞަތު

ސްޓާފް ޑިވެލޮޕްމަންޓް ޕްރޮގްރާމް

ޔުނިވަރސިޓީ / އިންސްޓިޓިއުޓް

ގައުމު

ކޯސް ފެށޭނެ ކަމަށް ލަފާކުރާ ތާރީޚް

ކޯހުގު މުއްދަތު

ކޯހުގެ ފެންވަރު

ކޯހުގެ އަދަދު

ކޯހުގެ ނަން

WMO Regional Training Center, IMD, Pune, India Australian Bureau of Meteorology Training Centre (BMTCO or Qatar Aeronautical College, Doha

University of Nairobi

އިންޑިޔާ / ޤަޠަރު / އޮސްޓްރޭލިޔާ / ކެންޔާ

2016

1 އަހަރު

އެޑްވާންސްޑް ޑިޕްލޮމާ

03

އެޑްވާންސްޑް މީޓިއޮރޮލޮޖިކަލް ޓްރެއިނިންގ ކޯސް

(ބޭސިކް އިންސްޓްރަކްޝަން ޕެކޭޖް ފޯ މީޓިއޮރޮލޮޖިސްޓް) 

  • އެދޭ ކޯހަކާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން. (ގުޅޭ ދާއިރާތައް: މެތެމެޓިކްސް، ފިޒިކްސް، އެންވަޔަރަންމަންޓަލް ސައިންސް، އެޓް މޮސްފެރިކް ސައިންސް، ކުލައިމެޓޮލޮޖީ)

(ކޯހަށް އެދި ހުށަހަޅާ ޑިގްރީ ސެޓުފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓް ކޮށްފައިވާ ސެޓުފިކެޓަކަށް ވާންޖެހޭނެއެވެ.)

ކޯހުގެ ޝަރުޠު

  • މިކޯހަށް ކެންޑިޑޭޓުން ނޮމިނޭޓްކުރެވޭނީ "ސްޓާފް ޑިވަލޮޕްމަންޓް" ގެ އުސޫލާ އެއްގޮތްވާގޮތުގެ މަތީންނެވެ.
  • މިކޯހާބެހޭ އިތުރު މަޢުލޫމާތާއި އެޕްލިކޭޝަން ފޯމު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ވެބްސައިޓް www.meteorology.gov.mv/uploads/Application-MMS.pdf އިން ލިބެން ހުންނާނެއެވެ.
  • ކޯހަށް ހުށަހަޅާ ޑިޕްލޮމާއިން ފެށިގެން މަތީގެ ސެޓުފިކެޓުތަކަކީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓަކަށް ވާންވާނެއެވެ. އަދި ބެޗެލަރސް ޑިގްރީ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެކެންޑިޑޭޓެއް ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ އަދި އެއޮތޯރިޓީން ޤަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި އެސެޓުފިކެޓުތަކާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.
  • މި ސްކީމުގެ ދަށުން ކޮންމެ ކެންޑިޑޭޓަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) އެޕްލިކޭޝަން ފޯމެވެ. އެއްކޯހަށްވުރެ ގިނަ ކޯހަށް އެޕްލިކޭޝަން ހުށަހަޅުއްވާފައިވާނަމަ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.
  • އެކެންޑިޑޭޓަކު ބެޗްލަރސް ޑިގްރީ ހާސިލުކުރި ޔުނިވަރސިޓީއެއްގެ ގްރޭޑިންގ އާންމުކޮށް ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ބަލާ ގްރޭޑިންގ ސްކީމާ ތަފާތުނަމަ ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅަންވާނެއެވެ. ގްރޭޑިން ކްރައިޓީރިއާ ހުށަހަޅާފައިނުވާނަމަ، ޓްރާސްކްރިޕްޓަށް ޕޮއިންޓް ދިނުމުގައި ބެލެވޭނީ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ބަލަމުންގެންދާ އުސޫލުގެ މަތިންނެވެ. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ޕޮއިންޓް ދޭގޮތުގެ ތަފުސީލު ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ވެބްސައިޓުން (http://www.dhe.gov.mv) ލިބެން ހުންނާނެއެވެ.
  • މިކޯހަށް ހޮވޭ ފަރާތުން ކޯސް ފުރިހަމަކުރުމަށްފަހު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ގައި ޚިދުމަތްކުރުމަށް ބޮންޑް ކުރެވޭނެއެވެ. އަދި ކޯސް ނިންމާ ސެޓުފިކެޓު ހާސިލު ކުރުމުން ވަޒީފާ އަދާކުރަންޖެހޭނީ ހުޅުލޭގައި ހުންނަ ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރުގައެވެ.
  • ޑިޕްލޮމާއިން ފެށިގެން މަތީގެ ކޯސްތައް ފުރިހަމަ ކޮށްފައިވަނީ އެހެން ކޯހަކުން ކްރެޑިޓް ލިބިގެން ކަމުގައި ވަނީނަމަ އެޕްލިކޭޝަން ހުށަހަޅާއިރު ކުރިން ހަދާފައިވާ ކޯސްތަކުގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަނާޅާ ފަރާތްތަކުގެ ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދެވެން ނޯންނާނެތީ އެ ފަރާތްތަކުގެ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.
  • ހުށަހަޅަންޖެހޭ ތަކެތި ހަމަޔަށް ހުށަހަޅުއްވާފައިނުވާ އެޕްލިކޭޝަންތައް ޑިސްކޮލިފައި ކުރެވޭނެއެވެ.
  • ކޯސް ފުރިހަމަ ކޮށް ސެޓުފިކެޓު ހާސިލު ކުރުމަށްފަހު އެކްރެޑިޓްކޮށް ހުށަހެޅުމުން މީޓިއޮރޮލޮޖިސްޓެއްގެ ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ. މީޓިއޮރޮލޮޖިސްޓެއްގެ ވަޒީފާގައި މުސާރައާއި އިނާޔާތުގެ ގޮތުގައި ގާތްގަނޑަކަށް މަހަކު -/26،000 ރުފިޔާ ދެވޭނެއެވެ. ކޯހުގައި ހުންނަ ދުވަސްވަރު ހަމަޖެހިފައިވާ އުސޫލުން އެލަވަންސް ދެވޭނެއެވެ.

އިތުރު މަޢުލޫމާތު

  • ކޯހަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި އެފޯމުގައި ބަޔާންކޮށްފައިވާ ތަކެތި
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ލޯފާމަކުން ނުވަތަ އެމީހަކު ވަޒީފާއަދާކުރާ އޮފީހަކުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ތައްގަނޑުޖެހި އަސްލު. (އެޓެސްޓް ކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި އަދި ސޮއިކުރެވޭ ބޭފުޅެއްގެ ނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ.)
  • އެޓެސްޓެޑް އޮރިޖިނަލް ސެޓުފިކެޓުތަކުން ނަގާފައިވާ ކޮޕީ، އަދި އެޓެސްޓެޑްކޮށްފައިވާ ސްކޭން ކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ. އަދި އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރުމުގެ އިޚުތިޔާރު ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނަށް ލިބިގެންވެއެވެ.
  • ކޯހަށް އެދި ހުށަހަޅާ ޑިޕްލޮމާއިން މަތީ ސެޓުފިކެޓުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓަކަށް ވާންޖެހޭނެއެވެ. އަދި ޑިގްރީ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެކެންޑިޑޭޓެއް ފުރިހަމަކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ އަދި އެއޮތޯރިޓީން ޤަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ. އަދި އެސެޓުފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.
  • ކޯހަށް އެދޭ ފަރާތުގެ ވަނަވަރު (ވަނަވަރުގައި ކެންޑިޑޭޓްގެ ސޮޔާއި ތާރީޚު އޮންނަންވާނެއެވެ.)
  • ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތުގެ ޚިދުމަތްކުރުމުގެ ބޮންޑެއް އޮތްމީހަކުނަމަ، އެތަނުން އެމީހަކު ދޫކުރާނެކަމުގެ ލިޔުން.
  • ކޯސް ފުރިހަމަށްފަހު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި ޚިދުމަތްކުރުމާމެދު އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް.
  • ޚިދުމަތް ކޮށްފައިވާ މުއްދަތު އަންގައިދޭ ލިޔުމެއް.
  • އައިޑީ ކާޑުގެ ކޮޕީ

 

ހުށަހަޅަންޖެހޭ ތަކެތި

މިކޯސްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ސީވީ އަދި ޚިދުމަތް ކޮށްފައިވާ މުއްދަތު އަންގައިދޭ ލިޔުން 20 ޖޫން 2016 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ޕްލޭނިންސެކްޝަނަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވާ ސެޓުފިކެޓުތަކަކީ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ވެލިޑޭޓް ކޮށްފައިވާ ސެޓުފިކެޓުތަކަށް ވާންޖެހޭނެއެވެ.

ސުންގަޑި:

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި 3332612 މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ޕްލޭނިންގ ޔުނިޓާ ގުޅުއްވުން އެދެމެވެ.

15 ޝަޢުބާން 1437

22 މޭ 2016
ހޯދާ