ދިވެހިރާއްޖެ
އިޢުލާން
ޕްރިންޓަރގެ މަޤާމަށް މުވައްޒަފަކު ހޯދުން:
ޕްރިންޓަރގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި 21 މާރިޗު 2016 ގައި މި ސްކޫލުން ކޮށްފައިވާ GS-154/2016/20 ނަންބަރުގެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
މަޤާމް: ޕްރިންޓަރ
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެސް. އެސް. 3
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގުރޭޑް 3
މުސާރަ: މަހަކު -/3،875 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ
ވަޒީފާ އޮތް އޮފީސް: ކުނބުރުދޫ ސްކޫލް
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިން، އދ. ކުނބުރުދޫ ސްކޫލް
ދާއިރާ:
އިންފޮމޭޝަން ޓެކްނޮލޮޖީ
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:
1. ޕްރިންޓްކުރުމުގެ މަސައްކަތް:
ހ- ޓީޗަރުން ދެއްވާ ވާރކްޝީޓާއި ޓެސްޓްޕޭޕަރުތައް، ހަމަޖެހިފައިވާ ގަވާއިދުތަކުގެމަތީން ޕްރިންޓްކުރުން.
ށ- އެއްވެސް އެކަޑަމިކް ސްޓާފަކަށް، ހަމަޖެހިފައިވާ ގަވާއިދާ ޚިލާފަށް އެއްވެސް އެއްޗެއް ޕްރިންޓްކޮށް ނުދިނުން.
ނ- ޕްރިންޓްކުރުމަށް ހަވާލުކުރެވޭ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ޕްރިންޓްކޮށް ނިމުމުން ހީރަސްޖަހަންޖެހޭ އެއްޗެއްނަމަ ހީރަސްޖެހުމަށްފަހު ރައްކާތެރިކަމާއެކު ސެޝަން އިންޗާޖާ ނުވަތަ ލީޑިންގ ޓީޗަރާ ހަވާލުކުރުން.
ރ- ޕްރިންޓް ރޫމަކީ ތަފާތު ކުލާސްތަކުގެ ވާރކްޝީޓާއި ޓެސްޓް ޕޭޕަރު ބެހެއްޓިފައިވާ ތަނަކަށްވުމުން، އެކަމާ ނުގުޅޭ ފަރާތްތައް ޕްރިންޓިންގ ރޫމަށް ވަނުމަށް ހިތްވަރުނުދިނުމާއި، ގޮވައިގެން ގޮސް ވާހަކަދައްކަން ނުތިބުން.
ބ- އެއްވެސް ސްޓާފަކު ނުވަތަ އެހެންފަރާތަކުން އެމީހެއްގެ އަމިއްލަ އެއްޗެއްގެ ފޮޓޯކޮޕީ ނަގަން ބޭނުންނަމަ، ޕްރިންސިޕަލް ނުވަތަ ޕްރިންސިޕަލް ކަނޑައަޅުއްވާފައިވާ ފަރާތެއްގެ ހުއްދަ ހޯދައި، ދެއްވާ އިރުޝާދާ އެއްގޮތަށް ކަންތައްތައް ކުރުން.
ޅ- ޕްރިންޓްކުރަންޖެހޭ އެންމެހައި ތަކެތި ޕްރިންޓްކުރުމާއި، ސްޓެޕްލް ކުރުމާއި، ބަންޑްލްކުރުމާއި، ލެމިނޭޓްކުރުމާއި، ބައިންޑްކުރުމަށްދެވޭ ތަކެތި ބައިންޑްކޮށް، ފެންނަންޖެހޭ ފަރާތަކަށްނޫނީ ނުފެންނާނޭހެން އެ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
ކ. ޓެސްޓް ޕޭޕަރުތައް ޕްރިންޓްކުރާނަމަ، ބޭނުންވާވަރަށްވުރެ އިތުރަށް ކުރެވިފައިވާ ކަރުދާސްތަކާއި ސްޓެންސިލްތައް ޕްރިންޓްކޮށް ނިމުމާއެކު، އެވަގުތު އެކަމާ އެންމެ އިސްކޮށްއުޅުއްވާ ބޭއްފުޅެއްގެ ހާޒިރުގައި އެތަކެތި އަންދައިލުން.
އ- ޕްރިންޓްކުރުމުގެ މަސައްކަތާ ގުޅިގެން ހޯދަންޖެހޭ ތަކެތި ހުސްވުމުގެ ކުރިން، އެކަށީގެންވާ މުއްދަތު (ލަސްވެގެން ރަސްމީ ބަންދުނޫން 7 ދުވަހުގެ ކުރިއަށް) އޮއްވައި އެތަކެތި ހޯދުމަށް އިދާރާއަށް ރިކުއެސްޓްކުރުމާއި، ޕްރޮސެސް ހިނގާވަރު ބަލައި ކަށަވަރުކުރުން.
ވ- ޕްރިންޓްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރެވޭގޮތް ބެލުމަށް އެކަމަށް ޚާއްޞަ ލޮގްތަކެއް ހަދައި އެތަކެތި ބޭނުންކުރުމާއި، މިކަމާ ގުޅިގެން ސްކޫލުގެ އިސްވެރިން ބޭނުންފުޅުވާ އެންމެހައި މަޢުލޫމާތު ގަވާއިދުން ދިނުން.
2. ޕްރިންޓް ރޫމާއި މެޝިނަރީޒްތައް ސާފުކޮށް ބެލެހެއްޓުން:
ހ- ޕްރިންޓްކުރުމުގައި ބޭނުންކުރާ މެޝިންތަކާއި އެހެނިހެން އިކްއިޕްމަންޓްތައް ފަރުވާތެރިކަމާއެކު ބެލެހެއްޓުމާއި، އެތަކެތި މަރާމާތުކޮށް، ސްކޫލުގެ ޕްރިންޓިންގ ޕްރޮސެސްއަށް ދަތިނުވާނެގޮތަކަށް ކަންކަން ރާވައި ބެލެހެއްޓުން.
ށ- މެޝިނަކަށް މައްސަލައެއް ދިމާވެއްޖެނަމަ، އެކަމަކީ ޕްރިންޓަރަށް ޙައްލުނުކުރެވޭ ކަމެއްކަމުގައިވާނަމަ، ޕްރިންސިޕަލަށް ނުވަތަ ޕްރިންސިޕަލް ކަނޑައަޅުއްވާފައިވާ ފަރާތަކަށް އެކަން އަންގައި، މެޝިން ރަނގަޅުކުރުމަށް އަވަސް ފުރުޞަތެއްގައި މަސައްކަތް ކުރުން.
ނ- ޕްރިންޓިންގރޫމް ސާފުކުރުމަށް ހަވާލުވެފައިވާ މަސައްކަތުމީހާ ލައްވައި ގަވާއިދުން އެކަން ކުރުވުން. މިގޮތަށް އެކަން ކުރިއަށް ނުދާކަމުގައިވާނަމަ، ކަނޑައެޅިފައިވާ މުވައްޒަފަށް މިކަން އެންގުން.
ރ- ސްކޫލުން ބޭރަށްދާ ވަގުތުތަކުގައި ޕްރިންޓް ރޫމް ތަޅުލުން.
3. އެހެނިހެން ކަންތައްތައް:
1– ދަރިވަރުންގެ ފަރާތުން ސްކޫލުތެރޭގައި އުޅޭއިރު ފެންނަ ތަފާތު އަޚުލާޤީ މައްސަލަތައް ޙައްލުކުރުމަށް ނަސޭހަތް ދިނުމާއި، އެކަމާބެހޭ ބޭފުޅަކަށް އެންގުން.
2– ސެޝަން އިންޗާޖަށާއި ލީޑިންގ ޓީޗަރުންނަށް އެބޭފުޅުން އެދިވަޑައިގަންނަވާ އެހީތެރިކަން ފޯރުކޮށްދިނުން.
3– މި ސްކޫލުގެ މުވައްޒަފެއްގެ ހައިސިއްޔަތުންނާއި މަޤާމުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ އެންމެހައި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުން.
4– މިގޮތުން ސްކޫލުން ބޭނުންވެއްޖެ ކޮންމެ ހާލަތެއްގައި މި މަޤާމުގެގޮތުން ކުރެވޭ އެންމެހައި ކަންކަމުގައި ސްކޫލަށް އެއްބާރުލުން ދިނުން.
5- ސްކޫލު ހިންގުމަށް ބޭނުންވާ ކަންތައްތައް ކުރުމުގައި ސްކޫލުން އަންގައިލުމުން (ބަންދު ދުވަހެއްކަމުގައިވިޔަސް) ސްކޫލަށް ހާޒިރުވުން.
6- ހަވާލުކުރެވޭ މަސައްކަތެއްގެ ބާވަތުން ރަސްމީ ގަޑީގައި އެ މަސައްކަތެއް ނުނިމުނުކަމުގައިވިޔަސް، އިތުރު ވަގުތުގައި އެ މަސައްކަތްތައް ކޮށްނިންމުން. މިގޮތަށް މަސައްކަތެއް ކުރަންޖެހިއްޖެ ހާލަތެއްގައި އެ މަސައްކަތެއް ކުރުމަށް ސްކޫލުގެ އިސްވެރިޔާ ނުވަތަ ކަނޑައަޅާފައިވާ ފަރާތުގެ ހުއްދަ ހޯދުން.
މަޤާމުގެ ޝަރުޠު:
1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
ހ. ހާސިލުކޮށްފައިވާ ތަޢުލީމާއ، ތަމްރީނަށް ބަލައިގެން.
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
ރ. މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލޭނެއެވެ.
އިންޓަވިއު ކުރުން:
ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު ކުރުން އޮންނާނީ، މުއްދަތު ހަމަވާތާ ފަސްދުވަހުގެ ތެރޭގައެވެ.
ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ކުނބުރުދޫ ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ކުނބުރުދޫ ސްކޫލުގެ އޮފީހަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖޫން 2 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައި ދެވޭނެއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ކުނބުރުދޫ ސްކޫލުގެ 6680842 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
16 ޝަޢުބާން 1437