ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

އިޢުލާން
ވަޒީފާގެ ފުރުޞަތު:

މަޤާމް:

ޕްރޮޖެކްޓް އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް:

އެމް. އެސް. 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ

ސެކްޝަން:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

މުސާރަ:

މަހަކު -/6،295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2،000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

ހަމަޖެހިފައިވާ އުޞޫލުތަކާ އެއްގޮތަށް، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދެވޭ ޢިނާޔަތްތައް ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ ޝަރުޠު:

1- ޕްރޮޖެކްޓް  މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަން / އާރކިޓެކްޗަރ / ސިވިލް އިންޖީނިއަރގެ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕްރޮޖެކްޓް މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަން  /  އާރކިޓެކްޓަރ /  ސިވިލް  އިންޖިނިއަރގެ  ދާއިރާއަކުން  4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ޕްރޮޖެކްޓް މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަން / އާރކިޓެކްޗަރ / ސިވިލް އިންޖީނިއަރގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕްރޮޖެކްޓް މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަން / އާރކިޓެކްޓަރ/  ސިވިލް އިންޖީނިއަރގެ ދާއިރާއަކުން  2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3- ޕްރޮޖެކްޓް މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަން / އާރކިޓެކްޗަރ / ސިވިލް އިންޖީނިއަރގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

4- ޕްރޮޖެކްޓް މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަން / އާރކިޓެކްޗަރ / ސިވިލް އިންޖީނިއަރގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް އެންޑް މެނޭޖްމަންޓް / ފައިނޭންސް މެނޭޖްމަންޓުގެ ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1- ކައުންސިލުން ކުރަންޖެހޭ ބޮޑެތި މަސައްކަތްތަކާއި ޕްރޮޖެކްޓްތައް ވިލަރެސްކޮށް ބެލެހެއްޓުން.

2- ޕްރޮޖެކްޓްތައް ހިންގުމުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކާއި މަޝްވަރާކޮށް، ކައުންސިލަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތުތައް ފޯރުކޮށްދިނުމާއި، އެކަމާ ގުޅިގެން އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

3- މީހުން ބިނާކުރުމާއި، އިޖުތިމާޢީ މަޝްރޫޢުތަކާއި، ޕްރޮޖެކްޓްތައް އެކުލަވައިލުމުގެ މަސައްކަތްތައް ކުރުން.

4- ޕްރޮޖެކްޓްތައް ހިނގާ ނުހިނގާގޮތް ބަލައި ވަޒަންކުރުމާއި، ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާ ކޮންސެޕްޓްތައް ފަރުމާކުރުން.

5- ޕްރޮޖެކްޓްތަކާ ގުޅޭގޮތުން ފޮނުވަންޖެހޭ ލިޔެކިޔުންތަކާއި، އަންނަ ލިޔެކިޔުންތައް ބަލައި، ދިރާސާކޮށް، ޖަވާބުދާރީވާންޖެހޭ ފަރާތްތަކަށް، ސެކްޝަނުގެ ވެރިޔާގެ މަޝްވަރާގެމަތިން ޖަވާބުދާރީވުމާއި، އެފަދަ ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

6- ޕްރޮޖެކްޓްތަކާ ގުޅޭގޮތުން މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކަށް މަޢުލޫމާތު ކަރުދާސް ތައްޔާރުކޮށް މަޢުލޫމާތު ދިނުން.

7- ރަށުގައި ހުރި، ސަރުކާރާއި ރައްޔިތުންގެ އިމާރާތްތައް މަރާމާތުކޮށް ބެލެހެއްޓުން.

8- ކައުންސިލުން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި، ކައުންސިލް އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، އިންޓަވިއުއަށް.

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެޓިކަލް އޮންނާނީ، ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާގައެވެ. މި މަޤާމަށް އިންޓަވިއުކުރުން، އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 7 ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

2. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކުރަންޖެހޭ ލިޔުންތައް، އެކްރެޑިޓްކުރެވިފައި)

4. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

5. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނެ އެތަނުގެ ތައްގަނޑުޖެހި ރަސްމީ ލިޔުމެއް.

6. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ސުންގަޑި:
މި ވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް، 2016 ޖޫން 2 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން، ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި އިދާރާގެ 6840004 ނަންބަރު ފޯނާއެވެ.

11 ޝަޢުބާން 1437
18 މޭ 2016
ހޯދާ