މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކޭޝިއަރ، ފްލޯ އެސިސްޓެންޓް - ފަސްމީރު ފިހާރަ

ވަޒީފާގެ ފުރުޞަތު

މި ކުންފުނީގެ ތިރީގައިމިވާ މަޤާމުތަކަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު:

 ކޭޝިއަރ

ބޭނުންވާ އަދަދު

 6

ވަޒީފާގެ ބާވަތް

 ވަގުތީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

 މިފްކޯ މަސްފިހާރަ ، މާލެ.

އަސާސީ މުސާރަ:

ޝިފްޓަކަށް -/100 ރުފިޔާ

ހެނދުނު ޝިފްޓް: ހެނދުނު 10:00 އިން 15:00 އަށް،  މެންދުރު ޝިފްޓް: 15:00 އިން 17:00 އަދި ރޭގަނޑު 20:30 އިން 23:00 އަށް.

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

- މަސްފިހާރައަށް ޒިޔާރަތްކުރާ ކަސްޓަމަރުންނާ ހިނިތުންވުމާއެކު މުޢާމަލާތްކުރުން.

- މަސްފިހާރައިގެ އެހެންމުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުން. 

- މަސްފިހާރައިގެ ޝިފްޓް ޑިއުޓީ ފެށޭއިރު ވަތްގަނޑުގައި ހުރި ފައިސާ ގުނައި، ހިސާބުތަކާ ދިމާވޭތޯ ބެލުން.

- މަސްފިހާރައިގެ ކައުންޓަރުތައް ސާފުތާހިރުކޮށް ބެލެހެއްޓުން.

- ފިހާރައިގައި ބެހެއްޓިފައިވާ މުދާތަކާ އަދި ފިހާރައިން ދެވޭ ޚިދުމަތްތަކާ ބޭހޭގޮތުން ކަސްޓަމަރުން އޮޅުންފިލުވަން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.

- ކަސްޓަމަރުންގެ ޝަކުވާތަކުގެ ތެރެއިން ޙައްލުކޮށްދެވެން ހުރި ކަންކަން ޙައްލުކޮށްދިނުން. އަދި ޙައްލުކޮށް ނުދެވޭ ކަންތައްތައް މަސްފިހާރައާ ހަވާލުވެގެން ހުންނަ އިސްފަރާތަށް އެންގުން.

- ކިރައިގެން ވިއްކާ އައިޓަމްތަކުގެ އަގު ހޯދުމަށް ކިރުން. އަދި ކަށްޓާގައި އެއްވެސް މައްސަލައެއް އުޅޭކަން ފާހަގަވާނަމަ އެކަން ފިހާރައިގެ އިންޗާޖަށް ވަގުތުން އެންގުން.

- މުދަލަށް ފައިސާ ކެނޑުމަށްފަހު ރިސިޓް ކަސްޓަމަރަށް ހަވާލުކޮށް އަދި ރިސިޓްގެ ކޮޕީ ރައްކާކުރުން.

- ކޮންމެ ޝިފްޓެއް ނިންމުމަށްފަހު ކައުންޓަރުގައި ހުރި ފައިސާ ގުނައި އަދި ޖުމްލަ ސޭލްސް އާ ދިމާވޭތޯ ބެލުން.

- ސޭލްސް ސިސްޓަމްގައި ކުރެވޭ ހުރިހާ މުޢާމަލާތްތަކުގެ ޓްރާންސެކްޝަނެއް ރިކޯޑުކުރުން.

- ފީ،އޯ.އެސް ސިސްޓަމުން ކުރެވޭ މުޢާމަލާތުުގެ ރިސިޓް ރައްކާކޮށް އަދި ސިސްޓަމުން ފައިސާ ކެނޑުން.

- ސްޓޮކް ބަލައި ޝެލްފްގައި ހުރި މުދަލުގައި އަގު ޖެހިފައިވޭތޯ ކަށަވަރުކުރުން.

ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު އޯ.ލެވެލް އިމްތިޙާނުން ދެ މާއްދާއިން ދަށްވެގެން " ސީ" ގްރޭޑް ލިބިފައިވުން. އަދި ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' އަދި 'އިސްލާމް' މި މާއްދާތަކުން ދަށްވެގެން" ސީ" ގްރޭޑް ލިބިފައިވުން.

 

މަޤާމު:

 ފްލޯ އެސިސްޓެންޓް

ބޭނުންވާ އަދަދު

 10

ވަޒީފާގެ ބާވަތް

 ވަގުތީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

 މިފްކޯ މަސްފިހާރަ ، މާލެ.

އަސާސީ މުސާރަ:

ޝިފްޓަކަށް -/100 ރުފިޔާ

ހެނދުނު ޝިފްޓް: ހެނދުނު 10:00 އިން 15:00 އަށް،  މެންދުރު ޝިފްޓް: 15:00 އިން 17:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް.

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

- މަސްފިހާރައަށް ޒިޔާރަތްކުރާ ކަސްޓަމަރުންނާ ހިނިތުންވުމާއެކު މުޢާމަލާތްކުރުން.

- މަސްފިހާރައިގެ އެހެންމުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުން. 

- ކިރައިގެން ވިއްކާ އައިޓަމްތަކުގެ އަގު ހޯދުމަށް ކޭޝިއަރަށް އެހީތެރިވުން.

- ކަސްޓަމަރުން ބައްލަވައިގަންނަވާ މުދާ ކޮތަޅަށް ލައި ކަސްޓަމަރުންނާ ހަވާލުކުރުން.

- މުދާ، މަސްކޭސް އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި އެހީތެރިވެދިނުން.

- ސްޓޮކް ބަލައި ޝެލްފްގައި ހުރި މުދަލުގައި އަގު ޖެހިފައިވޭތޯ ކަށަވަރުކުރުން.

ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު އޯ.ލެވެލް އިމްތިޙާނުން އެއް މާއްދާއިން ދަށްވެގެން " ސީ" ގްރޭޑް ލިބިފައިވުން. އަދި ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' އަދި 'އިސްލާމް' މި މާއްދާތަކުން ދަށްވެގެން" ސީ" ގްރޭޑް ލިބިފައިވުން.

ނޯޓް: - މަތީގައިވާ މަޤާމުގެެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކަށެވެ.     

މަތީގައި ދެންނެވިފައިވާ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 މޭ 2016 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު) އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯން ނަންބަރާއެކު) އާއި ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް. އަދި ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލާއެކު) ވަޒީފާއަށް އެދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑަށް ސިޓީއަކުން ހުށަހެޅުއްވުމަށް ދެންނެވީމެވެ. އީމެއިލް ކުރައްވާނަމަ reception@mifco.com.mv އަށް އީމެއިލް ކުރެވުމަށް ދެންނެވީމެވެ. ފެކްސް ކުރައްވާނަމަ 3323955 ނަންބަރަށް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932 އެކްސްޓެންޝަން 247 އަށް ގުޅުއްވުން އެދެމެވެ.

12 ޝަޢުބާން 1437

19 މޭ 2016
ހޯދާ