މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޙާފިޡުގެ ކެއުމާއި ހުރުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

ޙާފިޡުގެ ކެއުމާއި ހުރުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން

1437 ވަނަ އަހަރުގެ ރަމަޟާންމަހު ތަރާވީޙުނަމާދު ކުރުމަށް މިރަށަށް ގެނައުމަށް ހަމަޖެހިފައިވާ ޙާފިޡުގެ ހުރުމާއި ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 މޭ 2016 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މިއިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 މޭ 2016 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް އަގު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ އެއްވެސް ފަރާތަކުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވެން ނެތްނަމަ ބަދަލުގައި ފޮނުވި ފަރާތެއްކަން އެނގޭނެ ސިޓީއެއް ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ތިރީގައި މިވަނީ ކެއުމާއި ހުރުން ހަމަޖައްސައިދޭ ފަރާތުން ކޮށްދޭންޖެހޭ ކަންތައްތަކުގެ މަޢުލޫމާތެވެ.

  1. ޙާފިޡު ރަށަށް އަންނަ ދުވަހުން ފެށިގެން ރަމަޟާންމަސް ނިންމައި ރަށުން ފުރަންދެން ކެއުމުގެ އެންމެހާ ކަންކަން ބެލެހެއްޓުން
  2. އެއްޗެހި ދޮވެ އިސްތިރިކުރުން
  3. ކޮޓަރި ސާފުކުރުމާއި ތަންމަތި އެޅުން

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ޝަޢުބާން 1437 

18 މޭ 2016
ހޯދާ