ދިވެހިރާއްޖެ
އިޢުލާން
ކޮނޑޭ ބަނދަރު ސަރަހައްދުން ތެޔޮ ބިން ކުއްޔަށް ދޫކުރުން:
ކޮނޑޭ ބަނދަރު ސަރަހައްދުން ތެޔޮ ވިއްކުމަށް 10 އަހަރުދުވަހުގެ މުއްދަތަށް 03 ބިން ކުއްޔަށް ދިނުމަށް ކޮނޑޭ ކައުންސިލުން ވަނީ ނިންމާފައެވެ.
ވީމާ، މި ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 މޭ 2016 ވާ އާދީއްތަ ދުވަހުގެ 10:00 އަށް ކޮނޑޭ ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 މޭ 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
ބިމުގެ މަޢުލޫމާތު:-
# |
ބިން އޮތް ސަރަހައްދު |
ބިމުގެ ބާވަތް |
ބިމުގެ ބޮޑުމިން |
ބިމުގެ އަދަދު |
ދޫކުރެވޭ އެންމެ ކުޑަކުލި |
1 |
ގއ.ކޮނޑޭ ބަނދަރުގެ އުތުރު ސަރަހައްދު |
ތެޔޮވިއްކާ |
2000 އަކަފޫޓު |
01 |
އަކަފޫޓަކަށް މަހަކު 65/- ލާރި |
2 |
ގއ.ކޮނޑޭ ބަނދަރުގެ ދެކުނު ސަރަހައްދު |
ތެޔޮވިއްކާ |
1600 އަކަފޫޓް |
02 |
އަކަފޫޓަކަށް މަހަކު 65/- ލާރި |
ބިން ތަރައްޤީކުރުން
ބިން ލިބިއްޖެނަމަ އެ ބިން ތަރައްޤީކޮށް ވިޔަފާރި ފަށާނެ ތާރީޚެއް އަންދާޒާކޮށް ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ.
ބިން ކުއްޔަށް ހިފާ ފަރާތަކުން އިޖުތިމާޢީ ގޮތުން ކޮށްދޭނެ ކަންތައް:-
ބިން ކުއްޔަށް ހިފާ ފަރާތަކުން ރަށުގެ އިޖުތިމާޢީ ކަންކަމަށް އަހަރަކު ކުރާނެ ކަންކަން ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ.
ބިން ކުއްޔަށް ހިފުމަށް ހުށަހަޅާ ކުލި:-
ބިން ކުއްޔަށް ހިފާ ފަރާތަކުން ހުށަހަޅާ އެންމެ ބޮޑު ކުލި ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ.
ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔުންތައް
ބިން ކުއްޔަށް ހިފުމަށް އެދި ތައްޔާރުކޮށްފައިވާ ޕްރޮޕޯޒަލް
ކުންފުއްޏަކުން ނުވަތަ ލޯކަލް އިންވެސްޓުމެންޓަކުން ހުށަހަޅާނަމަ ކުންފުނީގެ ނުވަތަ ލޯކަލް އިންވެސްޓުމެންޓުގެ ރަޖިސްޓަރީގެ ކޮޕީއާއި، އަހަރީ ފީ ދައްކާފައިވާ ރަސީދުގެ ކޮޕީ، އަމިއްލަ ފަރާތެއްނަމަ އައިޑީކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
މާކްސް ދެވޭގޮތުގެ ތަފުސީލު:
މާކްސް ދެވޭނެ ކްރައިޓީރިއާ |
މާކްސް ދެވޭގޮތް |
ތަފުސީލު |
ހުށަހަޅާ މަހުކުއްޔަށް |
50% |
|
ބިން ތަރައްޤީކޮށް ވިޔަފާރި ފެށުމަށް ހުށަހަޅާ ގޮތައް |
20% |
|
އިޖުތިމާޢީ ކަންކަމަށްކުރާ ޚަރަދަށް |
30% |
|
08 ޝަޢުބާން 1437