އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ކޮފީ ޝޮޕެއް ހިންގާނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ކުންފުނީގެ ފަރާތުން އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހިންގާ ސީޕްލޭން މެއިން އޭރިޔާގައި ކޮފީޝޮޕެއް ހިންގާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުންނަށް މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން 2016 މޭ 29 ވާ އާދީއްތަ ދުވަހުގެ 09:00 ގައި އައިލެންޑް އޭވިއޭޝަންގެ މައިއޮފީސް މ.ރާވެރިގެ (މަޖީދީމަގު) ގައި އޮންނާނެއެވެ. އަދި އިޢުލާނުގައި ބަޔާންކުރެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ބޭއްވޭ ބިޑް ސެޝަން 2016 ޖޫން 5 ވާ އާދީއްތަ ދުވަހުގެ 09:00 ގައި މި އޮފީހުގައި އޮންނާނެއެވެ.

އިސްވެ ބަޔާންކުރެވިފައިވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ވެސް ނުލިބޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

12 ޝަޢުބާން 1437

19 މޭ 2016
ހޯދާ