ދިވެހިރާއްޖެ
އިޢުލާން
ތ. އަތޮޅު ހޮސްޕިޓަލުގެ ގޯތިތެރޭގައިވާ އިމާރާތްތަކާއި، ގޯތިތެރެއާއި ހޮސްޕިޓަލް ހިމެނޭ މަގުމަތީ ސަރަހައްދު ފޮޅައި ސާފުކުރުން.
މި ހޮސްޕިޓަލުގެ ނަންބަރު:(IUL)TAH-A/INDIV/2016/4 އިޢުލާން ބާޠިލުކޮށް، އަލުން، ތ. އަތޮޅު ހޮސްޕިޓަލްގެ ގޯތިތެރެއާއި ހޮސްޕިޓަލް ހިމެނޭ ސަރަހައްދު އަމިއްލަ ތަކެތީގައި ކުނިކަހައި، ފޮޅައި ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ، ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން 2016 ޖޫން 01 ވާ ބުދަ ދުވަހުގެ 10:00އަށް މި ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުމަށްޓަކައި 2016 ޖޫން 08 ވާ ބުދަ ދުވަހުގެ 10:00އަށް މިހޮސްޕިޓަލްގެ އޮފީހަށް ވަޑައިގެން ދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ރަޖިސްޓަރީގައި ވިޔަފާރި ރަޖިސްޓަރީ ނުކުރާ ފަރާތްތަކުގެ އަންދާސީހިސާބުތައްވެސް ބަލައެއް ނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއާއި އައިޑީކާޑު ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ. އަދި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތް ފިޔަވައި އެހެން ފަރާތްތަކުން އަންދާސީހިސާބާއި، މަޢުލޫމާތު ހޯއްދެވުމަށް ހާޒިރުވާނަމަ އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީ އަދި ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ ފޮނުއްވެވުން އެދެމެވެ.
ތިރީގައި މިވަނީ މި ބީލަން ކާމިޔާބު ކުރާނެ ފަރާތެއް ހޮވުމުގައި ޕޮއިންޓްދެވޭނެ މިންގަނޑުތަކެވެ.
1. ބީލަން ހުށަހަޅާ ފަރާތުގެ ތަޖުރިބާ 15 ޕޮއިންޓް
2. ބީލަން ހުށަހަޅާ ފަރާތުގެ ފައިނޭންޝަލް ކެޕެބިލިޓީ 15 ޕޮއިންޓް
3. މަސައްކަތް ކުރުމަށް ހުށަހަޅާ އަގު 70 ޕޮއިންޓް
ޖުމްލަ 100 ޕޮއިންޓް