ނ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އިމާރާތްތަކާއި ގޯތިތެރެއާއި ހޮސްޕިޓަލް ހިމެނޭ ސަރަހައްދު ކުނިކަހައި ފޮޅައި ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ނ.އަތޮޅު ހޮސްޕިޓަލުގެ އިމާރާތާއި ގޯތިތެރެ ފޮޅައި ސާފުކޮށް ވަށައިގެންވާ މަގުތަކުގެ ކުނި ނަގައި ވިނަ ނޮޅައި ސާފުކުރުމުގެ މަސައްކަތުގެ ބީލަމުގެ ދަޢުވަތު:

މި ހޮސްޕިޓަލުގެ ގޯތިތެރޭގައިވާ އިމާރާތްތަކާއި ގޯތިތެރެއާއި ހޮސްޕިޓަލް ހިމެނޭ ސަރަހައްދު އަމިއްލަ ތަކެތީގައި ކުނި ކަހައި ފޮޅައި ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)NAH/2016/01 (24 މާރިޗު 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވި ތިންފަރާތުގެ ތެރެއިން އެއްފަރާތަކުން ޝަރުޠު ފުރިހަމަނުވާތީ އެ އަންދާސީހިސާބު ވަނީ ބާޠިލުކުރެވިފައެވެ. ވުމާއެކު، މިބީލަމުގައި ވާދަކުރާނެ ތިންވަނަ ފަރާތެއް ނެތުމުން ކުރީގެ އިޢުލާން ބާޠިލުކޮށް، މިމަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 25 މޭ 2016 ވާ ބުދަދުވަހުގެ 13:00 އަށް މި ހޮސްޕިޓަލްގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 ޖޫން 2016 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި ހޮސްޕިޓަލްގެ އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުންނާއި، ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަންދާސީހިސާބު ހުށަހަޅާ ފަރާތްތައް ފިޔަވައި އެހެންފަރާތްތަކުން އަންދާސީހިސާބާއި މަޢުލޫމާތު ހޯއްދެވުމަށް ހާޒިރުވާނަމަ އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ.

09 ޝަޢުބާން 1437  

16 މޭ 2016
ހޯދާ