ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށިކޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ފ.ފީއަލީގައި ޒަމާނީ ބަށިކޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް 2016 ފެބުރުވަރީ 10 ވަނަ ދުވަހުގައި ކުރެވުނު މި އިދާރާގެ ނަންބަރު 370-C/2016/09  އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ލިބިފައިވާ ބަޖެޓަށްވުރެ ބޮޑުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 މޭ 2016 ވާ ބުދަ ދުވަހުގެ 12:00 އަށް ފީއަލީ ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 މޭ 2016 ވާ ހޯމަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމުގެ އެއްގަޑިއިރުގެ ކުރިން ބިޑްފޮތް ވިއްކުމަށް ހަމަޖެހިފައިވެއެވެ. ބިޑުފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކާއި، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. ބިޑް ފޮތުގެ އަގަކީ -/1000 ރުފިޔާއެވެ. 2016 ފެބުރުވަރީ 10 ވަނަ ދުވަހު ކުރެވުނު އިޢުލާނާ ގުޅިގެން ބިޑްފޮތް ބައްލަވައިގެންފައިވާ ފަރާތްތަކަށް އަލުން ބިޑްފޮތް ބައްލަވައިގަންނަވަން ނުޖެހޭނެވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

12 ޝަޢުބާން 1437

19 މޭ 2016
ހޯދާ