ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އެކި ސަރަހައްދުތަކަށް އެހެލާފައިވާ ބާވެހަލާކުވެފައިހުރި އޮޑިދޯނިފަހަރު ނެގުމާގުޅޭ

އިޢުލާން

ރަށުގެ އެކި ސަރަހައްދުތަކަށް އެހެލާފައިވާ ބާވެހަލާކުވެފައިހުރި އޮޑިދޯނިފަހަރު ނެގުމާގުޅޭ

ފ.ފީއަލީގެ އެކިސަރަޙައްދުތަކަށް ދިގުމުއްދަތަށް އެހެލާފައިވާ ބާވެހަލާކުވެފައިހުރި އޮޑިފަހަރު 1 މަސްދުވަހުގެ ތެރޭގައި އެސަރަޙައްދުތަކުން ނެގުމަށް މި އިދާރާގެ ނަންބަރު 370-C/2016/22 އިޢުލާނުން ވާނީ އަންގާފައެވެ. ނަމަވެސް ޢާންމު ތަންތަނާއި މަގުމައްޗާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދުގައިވާ ގޮތުގެމަތިން މިފަދަ ތަކެތި ނައްތާލުމުގެކުރިން އެކަށީގެންވާ ވަގުތު ދޭންޖެހޭތީ މި އިޢުލާން އާންމުކުރެވޭ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި އެފަދަ އުޅަނދުތައް ނެގުމަށް އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ. އަދި ބަޔާންކުރެވުނު މުއްދަތުގައި ނުނަގައިހުންނަ އޮޑިފަހަރު ސަރުކާރުން ހަދާފައިވާ ގަވާއިދުތަކާއި، އޮންނަ އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން ނައްތާލެވޭނެވާހަކަ އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6740012 ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.                    

12 ޝަޢުބާން 1437

19 މޭ 2016
ހޯދާ