ދިވެހިރާއްޖެ
އިޢުލާން
އަތޮޅުކައުންސިލްގެ އެކޮމަޑޭޝަން ބްލޮކަށާއި، އަތޮޅުވެއްސަށް ތަކެތި ގަނެދޭނެ ފަރާތެއް ހޯދުމަށް
މިއިދާރާއިން 18 އެޕްރީލް 2016ގައި ކުރި ނަންބަރު: (IUL)227-ID/227/2016/17 އިޢުލާނަށް އިޖާބަދީ އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އެތަކެތި ގަނެދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
# |
ތަފުސީލު |
އަދަދު |
1 |
ބެޑްޝީޓް ( ސިންގަލް ބެޑް ) |
28 |
2 |
ބެޑްޝީޓް ( ޑަބަލް ބެޑް ) |
4 |
3 |
ބާތު ޓަވަލް |
30 |
4 |
ބާލީހުއުރަ |
58 |
5 |
ބުލެންކެޓް ކިންގސައިޒް |
2 |
6 |
ބުލެންކެޓް ( ސިންގަލް ބެޑް ) |
15 |
7 |
ބުލެންކެޓް ( ޑަބަލް ބެޑް ) |
4 |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 1 ޖޫން 2016 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 9 ޖޫން 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިއިދާރާގެ ނަންބަރު: 6540025, 6540038 އާ ގުޅުއްވުން އެދެމެވެ.
10 ޝަޢުބާން 1437