ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަކެތި ގަންނަން

މިއިދާރާއިން ބަލަހައްޓާ މިރަށު 02 މިސްކިތަށް ތިރީގައި މިދަންނަވާ ތަކެތި ގަންނަން ބޭނުންވެއްޖެއެވެ.

02 ފިންގަރ ޕްރިންޓް މެޝިން T&A-T6-C/ID

02 މާކަނައި މައިކް

02 އެމްޕް

02 ވަޔަރލެސް މައިކް

03 ތާޅަފިލި (ތަށިފަޅި ނުލައި)

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 26 ވަނަ ދުވަހުގެ 14:00އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 30 ވަނަ ދުވަހުގެ 14:00އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ފ.ދަރަނބޫދޫ މިސްކިތްތަކަށް ބޭނުންވާ ތަކެތި ވިއްކުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ 01 (އެކެއް) އަންދާސީހިސާބެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

11 ޝަޢުބާން 1437

18 މޭ 2016
ހޯދާ