ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
ބޭނުންވާ އަދަދު: 01
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު އަދި ވަގުތީ (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)
ޑިޕާރޓްމަންޓް: ލޮޖިސްޓިކަލް އޮޕަރޭޓޝަންސް ޑިޕާޓްމަންޓް
ޖުމުލަ މުސާރަ: -/29500 ރުފިޔާ
ވޮއޭޖް އެލަވަންސް: -/500 ރުފިޔާ (ކޮންމެ ދަތުރެއް ނިންމުމުން)
އެހެނިހެން އިނާޔަތް : ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތް އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: ލޮޖިސްޓިކަލް އޮޕަރޭޝަންސް ޑިޕާރޓްމަންޓް – އިންޓަނޭޝަނަލް އެންޑް ޑޮމެސްޓިކް ޔުނިޓް
ޝަރުޠު:
މި ދާއިރާގައި މަދުވެގެން 5 އަހަރު ސުޕަވައިޒަރީ މަޤާމެއް އަދާކޮށްފައިވުން.
ސީއޯސީ އާއި މެރިޓައިމް ސަނަދުތައް ފުރިހަމަކޮށްފައިވުން.
އިގިރޭސި އަދި ދިވެހިބަހުން ފުރިހަމައަށް މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން
ލީޑަރޝިޕް އަދި މެނޭޖީރިއަލް ހުނަރު ލިބިފައިވުން.
ރާއްޖެތެރޭގަ އަދި ރާއްޖެއިންބޭރަށް ދަތުރުކުރެވޭނެ ފަރާތެއްކަމުގައިވުން.
މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއި ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް :
ޑިޕާޓްމަންޓްގެ ލަޑުދަނޑިތައް ހާސިލުކުރުމަށް ބޭނުންވާ ސްޓްރެޓެޖީސް ތަރައްޤީކޮށް ފުޅާކޮށް ކުރިއަށް ގެންދިޔުން އަދި އެ ލަނޑުދަނޑިތައް ހާސިލުކުރުން. ލޮޖިސްޓިކަލް އޮޕަރޭޝަންސް ފުރހަމަޔަށް ގެންދިޔުމުގައި މެނޭޖަރެއްގެ ރޯލް އަދާކުރުން، ޓީމުގެ ސޭފްޓި އެންމެހައި ކަންކަން ބެލެހެއްޓުމާއި ރިޕެއަރ އަދި މެއިންޓަނަންސްގެ އެންމެހައި ކަންކަން ރާވައި ހިންގައި ބެލެހެއްޓުން.
