މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޓީވީ ކޮށީގައި އިމާރާތް ކުރެވިފައިވާ ފްލެޓްތަކުގެ ތެރެއިން ސަރުކާރަށް ލިބޭ ފްލެޓްތައް، އާންމުކޮށް ހުޅުވާލެވިގެން ވިއްކުމާ ބެހޭ

އިޢުލާން

ސަރުކާރުގެ "ގެދޮރުވެރިކަމުން ހިތްފަސޭހަ ދިރިއުޅުން" ސިޔާސަތުގެ ދަށުން ޓީވީ ކޮށީގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ރެހެންދި 1 ގެ 1 ފްލެޓް އަދި ރެހެންދި 3 ގެ 10 ފްލެޓް ގަންނަން ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލުމަށް މި މިނސްޓްރީން ކޮށްފައިވާ އިޢުލާންތައް ބާޠިލުކޮށްފީމެވެ. އަދި ކުރިން މި ފްލެޓްތައް ގަތުމަށް މި މިނިސްޓްރީއަށް ހުށަހަޅުއްވާފައިވާ ފޯމާއި، ބޭންކް ގެރެންޓީގެ ސިޓީ ނުވަތަ ޗެކު 23 މޭ 2016 އިން 05 ޖޫން 2016 އަށް (ރަސްމީ ދުވަސްތަކު ހެނދުނު 9:00 އިން 12:00 އަށް) މި މިނިސްޓްރީން އެ ފަރާތްތަކަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ފޯމާއި، ބޭންކް ގެރެންޓީގެ ސިޓީ ނުވަތަ ޗެކު މަތީގައި ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި ވެރިފަރާތުން މި މިނިސްޓްރީއަށް ވަޑައިގެން މި ތަކެތި ގެންދެވުން އެދެމެވެ.

އަދި ދަންނަވަމެވެ. ރެހެންދި 1 އަދި ރެހެންދި 3 އިން ފްލެޓް ގަންނަން ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުޞަތު އަލުން މި މިނސްޓްރީން ވަރަށް އަވަސް ފުރުޞަތެއްގެ ތެރޭގައި ހުޅުވާލުމަށް ހަމަޖެހިފައިވެއެވެ.

މި އިޢުލާން ޝާއިޢުކުރުމުން މި މިނިސްޓްރީގެ ތިރީގައި ދެންނެވިފައިވާ ނަންބަރު އިޢުލާންތައް ބާޠިލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

(IUL)138-DS2/138/2016/12 (3 މާރިޗު 2016)، (IUL)138-DS2/138/2016/13 (8 މާރިޗު 2016)

(IUL)138-DS2/138/2016/18 (15 މާރިޗު 2016)، (IUL)138-DS1/138/2016/26 (30 މާރިޗު 2016)

(IUL)138-DS1/138/2016/27 (30 މާރިޗު 2016)، (IUL)138-DS2/138/2016/30 (09 މާރިޗް 2016)

(IUL)138-DS2/138/2016/31 (09 މާރިޗު 2016)،

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

19 މޭ 2016
ހޯދާ