ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

މި މަރުކަޒުގެ ނަންބަރު: GS37/2016/18 (06 މާރިޗު 2016) އިޢުލާނުގައިވާ އޮފީސް އެސިސްޓެންޓުގެ މަޤާމުގެ ޝަރުޠުގައިވާ ކުށެއްގެ ސަބަބުން، އަލުން އެ މަޤާމަށް އިޢުލާންކުރަމެވެ.

މަޤާމު

އޮފީސް އެސިސްޓެންޓް

ރޭންކް

އެސް.އެސް 2

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

އަދަދު

01

ސެކްޝަން

އިދާރީ

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް

ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާ .

ގިންތި

ދާއިމީ

މަސައްކަތް ކުރަންޖެހޭ ތަން

ފ. އަތޮޅު ތަޢުލީމީ މަރުކަޒު،

ފ. ނިލަންދޫ، ދިވެހިރާއްޖެ

މަޤާމުގެ ޝަރުތު

  • މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  ނުވަތަ
  • މަގާމަށް މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެސް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

- ސްކޫލުން އެކިފަރާތްތަކާ ހަވާލުކުރަންޖެހޭ ފައިސާއާއި ފައިސާގެ ޗެކުތައް ހަވާލުކުރުން.

- ސްކޫލުން އެކައުންޓްތަކަށް ޖަމާކުރަންޖެހޭ ފައިސާ ޖަމާކުރުމާއި، ބޭންކުން ނަގަންޖެހޭ ފައިސާ ނެގުން.

- ސްކޫލުން އެކިފަރާތްތަކާ ހަވާލުކުރަންޖެހޭ ސިޓީ، މެސެޖެ، ނޯޓް، ބިލު ފަދަ ތަކެތި އެ ފަރާތްތަކާ ހަވާލުކުރުން.

- ކުދިންގެ ބެލެނިވެރިންނަށް ސްކޫލުން ފޮނުވަންޖެހޭ ދެންނެވުންތަކާއި އެންގުންތަކާއި ނޯޓުތައް ބެލެނިވެރިންނާ ހަވާލުކުރުން.

- ސްކޫލުގެ އޮފީހާއި ލީޑިންގ ޓީޗަރުންގެ ރޫމް ސާފުކުރުން.

- ސްކޫލުގެ ކިޔެވުމާއި އެހެނިހެން ހަރަކާތްތައް ހިނގަމުންދާ ވަގުތު ބަލިވެގެން ގެއަށް ފޮނުވާލަންޖެހޭ ކުދިން، އެ ކުދިންގެ ގެޔަށް ގެންދިއުން.

- ސްކޫލުގެ ކަންކަމާ ބެހޭގޮތުން އިދާރީ މުވައްޒަފުން އަންގާ ކަންތައްތައް ކުރުން.

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި ބެލެވޭނެ ކަންތައްތައް

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި ބަލާނީ ދިވެހި ސިވިލް ސަރވިސް ކޮމިޝަނުން 01 އޭޕްރީލް 2013 ގައި ޝާއިޢުކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކަށެވެ. މިގޮތުން މި ވަޒީފާތަކަށް އެންމެ ޤާބިލު ފަރާތެއް ކަނޑައަޅާނީ A2 ފޯމުގައިވާ ތިރީގައިވާ ބައިތަކަށް ޕޮއިންޓް ދިނުމުން އެންމެ މަތީ ޕޮއިންޓް ލިބޭ ފަރާތަކީ އެންމެ ޤާބިލު ފަރާތް ކަމުގައި ކަނޑައަޅައިގެންނެވެ.

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީން
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  3. ލިބިފައިވާ ހުނަރު (އިންޓަރވިއުކޮށްގެން ބަލައި ކަށަވަރުކުރާ ބައި)

މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން

  • މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 07 ދުވަހުގެ ތެރޭގައި މި މަރުކަޒުގެ އިދާރާގައެވެ.
  • އިންޓަރވިއުއަށް ހާޒިރުވާއިރު މަޤާމަށް އެދި ހުށަހަޅާފައިވާ ސެޓުފިކެޓުތަކާއި ލިޔުންތަކުގެ އަސްލު އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.
  • ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓްކުރެވޭނެއެވެ. އަދި އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

މަޤާމަށް ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެ ގޮތް:

މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިޔުންތަކާއެކު 2016 މޭ 24 ވާ އަންގާރަދުވަހުގެ 13:00 ގެ ކުރިން އެޕްލިކޭޝަން ފޯމު މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

  1. ލިބިފައިވާ ތަޢުލީމީ ސަނަދު / ފާސްތަކުގެ ކޮޕީ (އެކްރެޑިޓް ކުރަންޖެހޭ ފެންވަރުގެ ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައި)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފުކޮޕީ
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)
  4. ވަޒީފާއެއް އަދާކުރައްވާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކުރައްވާފައިވާ ފަރާތެއްނަމަ ވަޒީފާގައި އޮތް މަސްއޫލިއްޔަތު އަދި ވަޒީފާގައި ހޭދަވި މުއްދަތު އެނގޭނޭ ލިޔުމެއް ހުށައެޅުއްވުން.
  5. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް

އިތުރު މަޢުލޫމާތު

  • މި މަޤާމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 55 އަހަރުވެފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ލިޔުންތައް ބާޠިލުކުރެވޭނެއެވެ.
  • އެކްރެޑިޓްނުކޮށް ހުންނަ ސެޓުފިކެޓުތަކާއި ލިޔުންތަކަށް މާރކްސްއެއް ނުދެވޭނެއެވެ.
  • ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. އެކަން ކުރާނީ އިންޓަރވިއު ޕެނަލުން އެ ލިޔުންތަކުގެ އަސްލު ބަލައި ޗެކުކުރުމަށްފަހު އޮފީހުންނެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 7952909 އެވެ. އީމެއިލް ކުރައްވާނަމަ މި ސްކޫލްގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.
15 މޭ 2016
ހޯދާ