ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު
މަޤާމު: ކޯޓް އޮފިސަރ
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: ޖީ އެސް 3
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
ބޭނުންވާ ޢަދަދު: 1 (އެކެއް)
ވަޒީފާ އަދާކުރަންޖެހޭ ތަން: ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓް
މަޤާމުގެ ޝަރުޠު:
1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއި، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛
2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު ޖީ އެސް 2 ގެ ރޭންކްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- މަޤާމުގެ އަސާސީ މުސާރަ: -/4465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަހެއް) ރުފިޔާ
- ސާރވިސް އެލަވަންސް: -/ 1500 (ފަނަރަ ސަތޭކަ) ރުފިޔާ
- ލިވިންގ އެލަވަންސް: -/2550 (ދެހާސް ފަސްސަތޭކަ ފަންސާސް) ރުފިޔާ
- ޖުޑީޝަލް އެލަވަންސް: އަސާސީ މުސާރައިގެ %35
- މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ހާސިލުކޮށްފައިވާ ތަމްރީނަށާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި، ޤާބިލުކަން ކަށަވަރުކުރުމަށްޓަކައި އިންޓަރވިއު ކުރެވޭނެއެވެ. އަދި ވަޒީފާއަށް ބޭނުންވާ ހުނަރަށް މީހާ ޤާބިލުވެފައިވާ މިންވަރު ބެލުމަށްޓަކައި ޢަމަލީ އިމްތިޙާނެއް ދެވޭނެއެވެ.
މަޤާމުގެ މައިގަނޑު މަސައްކަތް:
ކޯޓުގެ ޝަރުޢީ އަދި އިދާރީ އެންމެހައި މަސައްކަތްތައް
ހުށަހަޅަންޖެހޭ ތަކެތި:
1- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭފޯމް (މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މި ކޯޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދިwww.judiciary.gov.mv ވެބްސައިޓުން މި ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.)
2- ކުރިމަތިލާ ފަރާތުގެ ވަނަވަރު:
3- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ: (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)
4- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ(އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)
5- ސެޓުފިކެޓު ލެވެލްގެ ކޯހެއް ފުރިހަމަކޮށް ސެޓުފިކެޓު ލިބިފައިނުވާ ފަރާތެއްނަމަ ކޯސް ފުރިހަމަކުރުމުގެ ރަސްމީ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ކޯހުގެ ލެވެލް ބަޔާން ކުރައްވާފައި ދޫކުރައްވާފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)
6- އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، އަދާކުރި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ: (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)
ކުރިމަތި ލުމުގެ މުއްދަތާއި ކުރިމަތިލާނެ ގޮތް
މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން 2016 މޭ 29 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން މަތީގައިވާ ލިޔުންތައް މި ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.
ނޯޓް: މި މަޤާމަށް ކުރިމަތިލުމަށްއެދި ކުރެވުނު މި ކޯޓުގެ ނަންބަރު (02.05.2016)(IUL)P5C/2016/07 އިޢުލާނުން މިކަމަށް ކުރިމަތިލާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެ އިޢުލާން ބާޠިލުކުރެވިފައިވާ ކަމުގައި ދެންނެވީމެވެ.
05 ޝަޢުބާން 1437