ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: |
އެސިސްޓެންޓް ޕްރޮގްރާމް އޮފިސަރ |
|
މަޤާމުގެ ކްލެސިފިކޭޝަން: |
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ރޭންކް: ޖީ. އެސް. 3 |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ނަންބަރު: 229003 |
މުސާރަ: |
މަހަކު -/4،465 ރުފިޔާ |
ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ |
އެލަވަންސްތަކާއި ޢިނާޔަތްތައް: |
އިތުރުގަޑިއާއި ބަންދު ދުވަހުގެ ފައިސާ، "ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު" ގައި ކަނޑައެޅިފައިވާގޮތުގެމަތިން ދެވޭނެއެވެ. |
|
މަޤާމުގެ މަސްއޫލިއްޔަތު: |
ކައުންސިލް އިދާރާގެ ސޯޝަލް ސަރވިސް ސެކްޝަނުގެ މެންޑޭޓުގައި ހިމެނޭ ސިޓިޒަންޝިޕް ސަރވިސްއާއި، ލައިބްރަރީ ސަރވިސްއާއި، ސަރުކާރުގެ އެހެނިހެން އޮފީސް/މުއައްސަސާތަކުން ކައުންސިލާއި ހަވާލުކުރެވޭ އެކިއެކި މަސައްކަތް ސުޕަވައިޒަރުގެ ލަފާގެމަތިން އިންތިޒާމުކޮށް ހިންގުމަށް އިދާރީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން. |
|
މަޤާމުގެ ޝަރުޠުތައް: |
ބިޒްނަސް/މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން/ ލެންގްވިޖް ޔޫޒް، އިންފޮމޭޝަން ޓެކްނޮލޮޖީ، ސޯޝިއޮލޮޖީ ދާއިރާއިން: 1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ސޯޝަލް ސަރވިސް ސެކްޝަން/އައްޑޫސިޓީ ކައުންސިލްގެ އިދާރާ |
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް: |
1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން. 2. މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާނަމަ، މަސައްކަތުގެ ތަޖުރިބާ. 3. މަސައްކަތުގެ ހުނަރާއި ޤާބިލްކަން. 4. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަން ބެލުމަށް ބޭއްވޭ ޕްރެކްޓިކަލްސް. |
|
އިންޓަރވިއު ބޭއްވޭނެ ތަނާއި ތާރީޚު: |
އިންޓަވިއުއަށް ހާޒިރުވުމުގެ 24 ގަޑިއިރުގެ ކުރިން (ބަންދު ދުވަސް ނުހިމަނައި) އިންޓަވިއު ބޭއްވޭނެ ތަނަކާއި ގަޑި، ލިއުމަކުން އެންގޭނެއެވެ. |
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
1. ވަޒީފާއަށް އެދި ހުށަހަޅާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިންނާއި، އައްޑޫސިޓީ ކައުންސިލުގެ އިދާރާގެ އަވަށު އޮފީސްތަކުން ލިބެން ހުންނާނެއެވެ.) 2. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ކޮޕީ. 3. ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް 4. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓް ކޮށްފައިވާ) 5. ކޯސް ފުރިހަމަކުރުމަށްފަހު ކޯހުން ފާސްވެފައިވާކަމުގެ ލިޔުން ލިބިފައިވާ ފަރާތްތަކުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް ބަޔާންކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާ "ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓް" ހުށަހަޅަންވާނެ. 6. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް (މި އިދާރާގެ މުވައްޒަފުން މި ލިޔުން ހުށަހަޅާކަށެއް ނުޖެހޭނެއެވެ.) 7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު) |
|
ވަޒީފާއަށް އެދޭ ފަރާތްތައް ސްކްރީންކުރުމާއި، ޝޯޓް ލިސްޓް ކުރުން: |
ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ސްކްރީންކުރުމާއެކު، މަޤާމަށް އެދޭ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އެ ފަރާތްތައް، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ މަޝްވަރާއާއެކު ޝޯޓްލިސްޓް ކުރެވޭނެއެވެ. މިގޮތުން ޝޯޓްލިސްޓްކުރުމުގައި ބެލޭނެ ކަންތައްތަކަކީ: 1- ލިބިފައިވާ ތަޢުލީމާއި ތަމްރީން 2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ 3- މަސައްކަތުގެ ހުނަރާއި ޤާބިލްކަން. |
|
ސުންގަޑި: |
2016 މޭ 29 ވާ އާދީއްތަދުވަހުގެ 14:00 ގެ ކުރިން އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް. |
|
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ 6885003 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
|
9 ޝަޢުބާން 1437 |