ދިވެހިރާއްޖެ
އިޢުލާން
ށ. އަތޮޅު ހޮސްޕިޓަލުގެ ލޯންޑުރީ މަރާމާތުކުރުމާ ބެހޭ:
ށ. އަތޮޅު ހޮސްޕިޓަލުގެ ލޯންޑްރީގައި މަރާމާތުތަކެއް ކުރުމަށް ކުރި ހޮސްޕިޓަލުގެ ނަންބަރު: (IUL)SH-FAH-RM/SH-FAH/2016/16 (28 އެޕްރީލް 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އެ މަސައްކަތްކުރުމަށް އަލުން އިޢުލާނުކުރަމެވެ.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 26 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް ށ. އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 02 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް ށ. އަތޮޅު ހޮސްޕިޓަލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
12 ޝަޢުބާން 1437