މަޤާމް: ފައިނޭންސް އޮފިސަރ
|
ބޭނުންވާ އަދަދު: 1 (އެކެއް)
|
މަޤާމުގެ ރޭންކް: އެމް. އެސް. 1 (ޓެކްނިކަލް ސަރވިސް)
|
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
މުސާރަ: މަހަކު -/5،610 ރުފިޔާ (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)
|
ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ (ދެހާސް ރުފިޔާ)
|
ވަޒީފާއަދާކުރަން ޖެހޭ ތަން: ރ. މާކުރަތު ކައުންސިލްގެ އިދާރާ
|
އޮފީސް/އިދާރާ: ރ. މާކުރަތު ކައުންސިލްގެ އިދާރާ
|
ޔުނިޓް: ބީ. ކޯޕަރޭޓިވް އެފެއާރޒް ޔުނިޓް
|
މަޤާމުގެ ގިންތި: ދާއިމީ
|
މަޤާމުގެ ޝަރުޠު:
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މައިގަނޑު މަސައްކަތްތަކާއި މަސްއޫލިއްޔަތުތައް:
- ކައުންސިލް އިދާރާގެ މުވައްޒަފުންގެ ހާޒިރީއާއި، އިތުރުގަޑީގެ ހާޒިރީއާއި، ބަންދު ދުވަސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި، ގަޑީލާރި ނެގުން.
- މުވައްޒަފުންގެ މުސާރަ ޝީޓު ތައްޔާރުކުރުމާއި، ވައުޗަރ ތައްޔާރުކުރުމާއި، އެކިއެކި ފަރާތްތަކުން ދައްކާ ފައިސާ ބަލައިގަތުމާއި، މުސާރަ ދޫކުރުން.
- ކުރިޔަށްއޮތް އަހަރަށް ލަފާކުރާ އަހަރީ ބަޖެޓު، ކައުންސިލާއި ޒިންމާދާރު ވެރިޔާގެ މަޝްވަރާގެމަތިން ތައްޔާރުކުރުމާއި، ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
- ކައުންސިލަށް ކަނޑައެޅޭ ބަޖެޓު، ސަރުކާރުގެ މުދަލާއި ފައިސާއާބެހޭ ގަވާއިދުތަކާ އެއްގޮތްވާގޮތުގެމަތިން ޚަރަދުކޮށް ބެލެހެއްޓުން.
- ފައިސާއާބެހޭ އެންމެހައި ރިޕޯޓްތައް ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
- ވިޔަފާރި ފީ ބަލައިގަތުމާއި، ސަރުކާރުން ކައުންސިލުގެ އިދާރާ މެދުވެރިކޮށް ބަލައިގަތުމަށް ހަމަޖައްސާ ޓެކްސްފީ ބަލައިގަތުމާއި، އެކަންކަމާބެހޭ ތަފާސްހިސާބު ބެލެހެއްޓުމާއި، ފައިލްތައް ބެލެހެއްޓުން.
- ކައުންސިލާއި ރައްޔިތުންގެ މާލިއްޔަތާބެހޭ ހިސާބުތައް ބެލެހެއްޓުމާއި، ކައުންސިލްގެ ލަފާގެމަތިން މާލިއްޔަތު ދިރުވައި އިތުރުކުރުމަށް ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުން.
- ކައުންސިލަށް ގަންނަން ބޭނުންވާ ތަކެތީގެ ކޯޓޭޝަންތައް ހޯދުމާއި، ތަކެތި ގަތުމާއި، ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- ކައުންސިލްގެ އިދާރާގެ އެކައުންޓުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ކައުންސިލުންދޭ ޚިދުމަތްތަކާއި، ކައުންސިލް މެދުވެރިވެގެންދޭ ޚިދުމަތްތަކަށް، ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ކަނޑައެޅިފައިވާ ފީ ނެގުން.
- ކުއްޔަށް ދޫކުރެވޭ ބިންބިމާއި ތަންތަނާއި ތަކެތީގެ ކުލި ގަވާއިދުން ނަގަމުން ގެންދިއުމާއި، މިފަދަ ތަންތަނުގެ ރެކޯޑްތައް ބެލެހެއްޓުން.
- ރުއްގަހުގެ ބަދަލު ފައިސާ ހޯދުމާއި، ބަދަލުފައިސާ ހަވާލުކުރުމާއި، އެކަމާ ގުޅޭ ރިޕޯޓްތައް ތައްޔާރުކުރުން.
- އެކިއެކި ފަންޑްތަކާބެހޭ ހިސާބުތައް ގަވާއިދުން ބެލެހެއްޓުމާއި ރިޕޯޓުތައް ތައްޔާރުކުރުން.
- ކައުންސިލާއި ކައުންސިލްގެ އިދާރާއިން ބަލަހައްޓާ ތަންތަނަށް ބޭނުންވާ ތަކެތި ގަވާއިދާ އެއްގޮތަށް ހޯދުން.
- ފައިސާއާ ގުޅޭ ރިޕޯޓުތަކާއި އެހެނިހެން ލިޔެކިޔުންތައް ނިންމަންޖެހޭ މުއްދަތަށް ގަވާއިދުން ނިންމަމުން ދިއުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި، ރެކޯޑުތައް ބެލެހެއްޓުން.
- އިދާރާއިން އެކިއެކި ފަރާތްތަކަށް ހަވާލުކުރަންޖެހޭ ފައިސާ، ކަނޑައެޅިފައިވާ މުއްދަތުގައި އެފަރާތްތަކަށް ހަވާލުކުރުން.
- އިދާރާއިން ހިންގަމުންގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
- ވަޒީފާގެ މަސްއޫލިއްޔަތާ ގުޅިގެން، ޔުނިޓު ހިންގުމާ ހަވާލުވެ ހުންނެވި ފަރާތުން ނުވަތަ ޒިންމާދާރު ވެރިޔާ އަންގަވާ ރަސްމީ މަސައްކަތްތައް ކުރުން.
- ކައުންސިލް އިދާރާގެ އެހެން މުވައްޒަފަކު ޗުއްޓީގައި ހުރުމުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ހާޒިރު ނުވެވޭގޮތް ދިމާވެއްޖެނަމަ، ޔުނިޓުގެ އިންޗާޖު ނުވަތަ ޒިންމާދާރު ވެރިޔާ ހަމަޖައްސަވާގޮތެއްގެމަތިން އެ މުވައްޒަފެއްގެ މަސައްކަތްތައް ކުރުން.
- ކައުންސިލް އިދާރާއިން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.
|
އުޖޫރައާއި ޢިނާޔަތްތައް:
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.
- ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސްތައް ލިބޭނެއެވެ.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
- ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނީ ތިރީގައިމިވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.
- ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނީ، ސިވިލް ސަރވިސް ކޮމިޝަނުން ނެރެ ޝާއިޢުކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް- 1 އޭޕްރީލް 2013 ގައިވާ ސަޕޯޓް ސްޓާފް މަޤާމުތަކަށް މުވައްޒަފުން ޢައްޔަންކުރުމުގެ ކްރައިޓީރިއާ (ޖީ. އެސް. 1 އިން އެމް. އެސް. 2 އަށް) ގައިވާ ގޮތުގެ މަތިންނެވެ. މިގޮތުން:-
- ވަޒީފާގެ ޝަރުޠު: % 11
- ތަޢުލީމާއި ތަމްރީން %38
- މަސައްކަތުގެ ތަޖުރިބާ: %8
- ލިބިފައިވާ ހުނަރު: %43
|
އެޕްލިކޭޝަން ފޮނުވަންވީ އެންމެ ފަހު ތާރީޚު:
މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު، 2016 މޭ 26 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް، ރ. މާކުރަތު ކައުންސިލުގެ އިދާރާއަށް ހުށަހަޅަންވާނެއެވެ. ވަޒީފާއަށް އެދޭ ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.mci.gov.mv ގެ ވެބްސައިޓުންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
|
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާއެކުގައިވާ)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
- ލިބިފައިވާ ހުރިހާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އެތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ)
(ށ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް)
6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
7. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި، މަޤާމާއި، މަޤާމުގެ ޝަރުޠާއި، ރޭންކާއި، މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
|
އިންޓަވިއު ކުރުން:
- މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއު ކުރެވޭނީ، މަޤާމުގެ އަސާސީ ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެވެ.
- އިންޓަވިއު ކުރުން އޮންނާނީ، 28 މޭ 2016 އާއި 10 ޖޫން 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.
- އިންޓަވިއު އޮންނާނީ، ރ. މާކުރަތު ކައުންސިލްގެ އިދާރާގައެވެ.
- އިންޓަވިއުއަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި، އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް، 24 ގަޑިއިރުގެ ކުރިން މި އިދާރާއިން އަންގަމުން ގެންދާނެއެވެ.
|
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6580015 ނަންބަރު ފޯނާއެވެ. އީ މެއިލްކުރަން ބޭނުންވާނަމަ، އީމެއިލް ކުރާނީ، [email protected] އަށެވެ.
|
އެހެނިހެން ކަންތައްތައް:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ.
- ވަޒީފާއަށް އެދި ހުށަހަޅާއިރު، ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ނުވަތަ ސެޓްފިކެޓްތައް ހުށަހަޅަންވާނީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރުބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީއެވެ.
- ވަޒީފާއަށް އެދި ހުށަހަޅާއިރު، ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ.
- އުމުރުން 55 އަހަރު ނުފުރޭ މީހެއްކަމުގައިވުން.
|