ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
އެސިސްޓެންޓް ސްޓެޓިސްޓިކަލް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

އެސިސްޓެންޓް ސްޓެޓިސްޓިކަލް އޮފިސަރ  

މަޤާމް:

އޮފިސަރ ގްރޭޑް 1 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1  

ކްލެސިފިކޭޝަން:

GS3

މަޤާމުގެ ރޭންކް:

މަހަކު -/4465 ރުފިޔާ

މުސާރަ:

- ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ

- ފިނޭންސް އެލަވަންސް: މުސާރައިގެ %35

އެހެނިހެން ޢިނާޔަތްތައް:

2 (ދޭއް)

ބޭނުންވާ އަދަދު:

ނޭޝަނަލް އެކައުންޓްސް އެންޑް އިކޮނޮމިކް އެނަލިސިސް، ސްޓެޓިސްޓިކަލް ސާރވޭސް އެންޑް އެނަލިސިސް

ބޭނުންވާ ސެކްޝަން:

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް:

1. ސްޓެޓިސްޓިކްސްއާ ގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ ޑިމޮގްރަފީ ފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން (ހިސާބާއި އިކޮނޮމިކްސް, ކޮމްޕިއުޓިންގ ނުވަތަ އެކައުންޓިންގ) ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު،  'އިނގިރޭސި' މި މާއްދާއިން  ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއި، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން  ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

މަޤާމުގެ ޝަރުޠުތައް:

ނޭޝަނަލް އެކައުންޓްސް އެންޑް އިކޮނޮމިކް އެނަލިސިސް

1. އަމިއްލަ ކުންފުނިތަކުގެ އަހަރީ ރިޕޯޓްތައް އެއްކުރުން.

2. އަމިއްލަ ކުންފުނިތަކުގެ އަހަރީ ހިސާބުތައް ޔޫ. އެން. ގެ ސިސްޓަމް އޮފް ނޭޝަނަލް އެކައުންޓްސްއަށް ފެތޭނެހެން ކޯޑްކުރުމާއި ކޮމްބައިންކުރުން.

3. ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ އަހަރީ ހިސާބުތައް އެއްކުރުން.

4. ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ އަހަރީ ހިސާބުތައް ޔޫ.އެން ގެ ސިސްޓަމް އޮފް ނޭޝަނަލް އެކައުންޓްސްއަށް ފެތޭނެހެން ކޯޑްކުރުމާއި ކޮމްބައިންކުރުން.

5. ޖީ.ޑީ.ޕީއަށް ބޭނުންވާ މަޢުލޫމާތުތައް އެއްކުރުން.

6. ޔުނިޓުގެ މަސައްކަތާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.

7. ދައުލަތުގެ ބަޖެޓުގައިވާ އައިޓަމްތައް ޔޫ.އެންގެ ސިސްޓަމް އޮފް ނެޝަނަލް އެކައުންޓްސްއަށް ފެތޭނެހެން އެކިދާއިރާތަކަށް ފެތޭ އައިޓަމްތައް އެ ދާއިރާތަކަށް ވަކިން ލުމުގެ މަސައްކަތްކުރުން.

8. ސަޕްލައި އެންޑް ޔޫސް ޓޭބަލް އެކުލަވައިލުމަށް ބޭނުންވާ މަޢުލޫމާތުތައް އެއްކުރުމާއި އެކުލަވައިލުން.

9. އެން.ބީ.އެސް. އިން ކުރާ ސަރވޭތަކުގައި ބައިވެރިވުން.

10. އެނުއަލް އެކައުންޓްސްއިން ނެގޭ މަޢުލޫމާތު ދިރާސާކޮށް، ރިޕޯޓު އެކުލަވައިލުން.

11. އިޤްތިޞާދީ ތަފާސްހިސާބުގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމުގެ މަސައްކަތްކުރުން.

12. ތަފާސްހިސާބުގެ ގަވާއިދަށް ޢަމަލުކުރުމުގެގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.

13. ފޮރިން ޓްރޭޑް ޑޭޓާ ކޮމްޕައިލްކުރުން.

14. ކުއާރޓަލީ ނެޝަނަލް އެކައުންސްއަށް ބޭނުންވާ މަޢުލޫމާތު އެއްކުރުން.

ސްޓެޓިސްޓިކަލް ސާރވޭސް އެންޑް އެނަލިސިސް

1. ސަރުކާރުގެ އިދާރާތަކުންނާއި އަމިއްލަ ފަރާތްތަކުން އެޕްރޫވަލްއަށް ހުށަހަޅާ ސަރވޭތަކުގެ ސުވާލުކަރުދާސްތަކާއި ލިއުންތައް ދިރާސާކޮށް ސަރވޭ އެޕްރޫވަލް ފޯމް ޕްރޮސެސް ކުރުން.

2. މި މިނިސްޓްރީގެ ފަރާތުން ރާވާހިންގާ ސޯޝިއޯ އިކޮނޮމިކް ސަރވޭތަކަށް ސާމްޕަލް ނަގައިދިނުން.

3. ތަފާސްހިސާބުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ސްޓެޓިސްޓިކްސް ޑިވިޜަނުން ހިންގުމަށް ކަނޑައެޅޭ ކޯސްތަކާއި ޓްރެއިނިންގ ޕްރޮގްރާމްތަކުގައި ސަރވޭއާއި ސާމްޕްލިންގ މޮޑިއުލްސްތައް ތައްޔާރުކުރުމާއި ކިޔަވައިދިނުމުގައި އެހީތެރިވުން.

4. ސްޓެޓިސްޓިކްސް ޑިވިޜަންގެ ފަރާތުން ކުރުމަށް ކަނޑައެޅޭ ސަރވޭތަކުގެ ޓެބިއުލޭޝަން ޕްލޭން ތައްޔާރުކުރުމުގައި އެހީތެރިވުން.

5. ސްޓެޓިސްޓިކްސް ޑިވިޜަންގެ ފަރާތުން ކުރުމަށް ކަނޑައެޅޭ ސަރވޭތަކުގެ ޑޭޓާ ކަލެކްޝަންގެ މަސައްކަތްކުރުން.

6. ސްޓެޓިސްޓިކްސް ޑިވިޜަންގެ ފަރާތުން ކުރުމަށް ކަނޑައެޅޭ ސަރވޭތަކުން އެއްކުރެވޭ މަޢުލޫމާތުތަކުގެ ޑޭޓާ އެންޓްރީ ހެދުން.

7. ސްޓެޓިސްޓިކްސް ޑިވިޜަންގެ ފަރާތުން ކުރުމަށް ކަނޑައެޅޭ ސަރވޭތަކުގެ މަޢުލޫމާތު ފޯމްތަކުގެ ޑޭޓާ އެންޓްރީ ނިމުމުން ޑޭޓާ އެޑިޓިންގ މަސައްކަތްކުރުމުގައި އެހީތެރިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

މި މަޤާމުތަކަށް ހޮވޭ ފަރާތްތަކަށް މުސާރައިގެ އިތުރުން،  އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އިތުރު ޢިނާޔަތްތައް:

މި މަޤާމްތަކަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠުހަމަވާ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއުއާއި އިމްތިޙާންކުރުން، މި އިޢުލާނަށް މުއްދަތު ހަމަވާތާ ދެފްތާތެރޭގައި މާލޭގައި އޮންނާނެއެވެ.

އިންޓަވިއުކުރުމާއި، އިމްތިޙާން ކުރުން:

- ވަޒީފާގެ ދާއިރާގެ މަސައްކަތުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު.

- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު.

- ޖިސްމާނީ ޤާބިލްކަމާއި، ނަފްސާނީ ޤާބިލްކަމާއި، ފަންނީ ޤާބިލްކަން ހުރި މިންވަރު.

- މި ވަޒީފާތަކަށް މީހުން ހޮވުމުގައި ގިނަވަގުތުގައި މަސައްކަތުގައި އުޅެވޭނެ/ މާލެއިންބޭރަށް އޮފީސް މަސައްކަތުގައި ދެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

1. ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ބައު އިމާރާތުގެ 2 ވަނަ ފަންގިފިލާއިން ލިބެން ހުންނާނެއެެވެ.)

2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސެޓުފިކެޓެއްނަމަ، އެކްރެޑިޓްކޮށްފައިވުން) 

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

6. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ސީވީ)

7. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް.

8. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 15 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން:

2016 މޭ 26 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ބައު އިމާރާތުގެ 2 ވަނަ ފަންގިފިލާއަށް ހުށަހެޅުން އެދެމެވެ.

ސުންގަޑި:

 

މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3349388 ނަންބަރު ފޯނަށް ނުވަތަ 3349395 ނަންބަރު ފޯނަށެވެ.

އިތުރު މަޢުލާމާތު:

10 ޝަޢުބާން 1437  
17 މޭ 2016
ހޯދާ